ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ޓެކްސް ނެގުނާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފި
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރޭގައި ތެރޭގައި ސިއްރު ހިފެހެއްޓުމާއި މައުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި، މީރާއިން ޓެކުހަށްނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. 

މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް ވިޔަފާރިތަކުން އެ ވިޔަފާރިއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި، އެހެން ގައުމުތަކާއި ނުވަތަ ސަރަހައްދުތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ގާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ގަވާއިދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު މީރާއަށް ދިނުން ހިމެނެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރު ނޮވެމްބަރު މަހުގެތެރޭގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް