ads
އަނުޝްކާ
އަނުޝްކާ މާބަޑު ދުވަސްވަރު އެންމެ މިސްވީ ކޮންކަމެއް؟
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބަލިވެ އިން ހަބަރު ހިއްސާކުރި އަނުޝްކާ ޝަރްމާ، ފުރަތަމަ ދަރިއަށް އަންނަ ޖެނުއަރީގައި މަރުހަބާ ކިޔުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ކޮންމެ ދުވަހަކު ކުރާ މުހިންމު ކަންތައްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ލޯބިކުރާ އަނުޝްކާ ވަނީ އޭނަގެ ކުރީގެ ފޮޓޯއެއް ހިއްސާކޮށް ބަޑުބޮޑުވުމުން އެންމެ ހަނދާންވާ ކަންތައް ހިއްސާކޮށްފައެވެ.

އެގޮތުން ދެފާ މަށްޗަށް ނަގާގެން ކާން އިންނަ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރަމުން އަނުޝްކާ ބުނީ އޭނައަށް މިހާރު އެހެން ނީދެވޭ ކަމަށާއި މިހާރު ހަމައެކަނި ކެވެނީ ކަމަށެވެ.

ސޯޝަލް މީޑިއާގައި އަނުޝްކާ ދަނީ ލޮކްޑައުންތެރޭ ކުރާ ގިނަ ކަންތައްތަކެއް ހިއްސާކުރަމުންނެވެ.

އަނުޝްކާ އާއި ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ކައިވެނިކުރީ 2017 ވަނަ އަހަރު އިޓަލީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް