ads
ފައިޒާގެ ވެކްސިން--
ފައިޒާ އަދި މޮޑާނާގެ ވެކްސިނަށް ކުޑަ ކަޅިއެއް
ކޮވިޑް-19 އަށް މިހާރު އަހަރެއް ވެފައިވާ އިރު، 75.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، 1.67 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އާންމު ހާލަތަކަށް ދިއުމަށްޓަކައި ކުރެވޭ އުންމީދުތައް ވަނީ މިހާރު އާވެފަ އެވެ. ބައެއް ކުންފުނިތަކުން ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން ތައްޔާރު ކުރަމުންދާ އިރު، މިހާރު ދެ ކުންފުންޏަކުން އުފައްދާފައިވާ ވެކްސިން ވަނީ ދޫކުރަން ފަށައިފަ އެވެ.

އެމެރިކާގެ ފައިޒާ އަދި މޮޑާނާ އިން ކާމިޔާބު ކަމާއި އެކު ވެކްސިން ތައްޔާރުކޮށް، ދޫކުރަން ފަށާފައިވާ އިރު، މިއީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެ ކުރާ ހަނގުރާމައިގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. މީގެ ހަފްތާއެއް ކުރިން ފައިޒާ އިން ތައްޔާރުކޮށްފައިވާ ވެކްސިން އެމެރިކާގައި ދޭން ފަށާފައިވާ އިރު، ކުރިއަށް އޮތް ހަފްތާއިން ފެށިގެން މޮޑާނާ އިން ތައްޔާރު ކޮށްފައިވާ ވެކްސިން އެމެރިކާގައި ދޭން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފައިޒާ އިން ތައްޔާރު ކޮށްފައިވާ ވެކްސިނާއި، މޮޑާނާ އިން ތައްޔާރު ކޮށްފައިވާ ވެކްސިންގައި ހުރި ތަފާތުތަކުގެ މައްޗަށެވެ.

ދެ ވެކްސިންގައި ހުރި އެއްގޮތް ކަންތައްތައް:

ފައިޒާ އަދި މޮޑާނާ އިން ތައްޔާރު ކޮށްފައިވާ ވެކްސިން ބޭނުންކުރަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. އެމްއާރުއެންއޭ ގައި ކޮވިޑް-19 ވައިރަސް ޕްރޮޓީން "އުފެއްދުމަށް" ބޭނުންވާ މައުލޫމާތު އެކުލެވިގެންވެ އެވެ. އެ ޕްރޮޓީން ހަށިގަނޑުގެ ތެރޭ އުފެދުމަށްފަހު، ދިފާއީ ނިޒާމް ހޭލައްވާލައި، ވައިރަސް ޕްރޮޓީންތައް މަރާލާ ފެކްޓްރީ އަކަށް މުޅި ހަށިގަނޑު ބަދަލުކޮށްލަ އެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ދެ ވެކްސިނަކީ ފައިޒާ އަދި މޮޑާނާ އިން އުފައްދާފައިވާ ދެ ވެކްސިނެވެ. އެންމެ ފަހުން ހެދި ތަހުލީލްތަކުން ދައްކާ ގޮތުގައި ދެ ވެކްސިނުންވެސް ކޮވިޑް-19 ގެ އަލާމާތްތަކާއި ދެކޮޅަށް 95 އިންސައްތަ ކާމިޔާބީ ހޯދާފައިވެ އެވެ.

ފައިޒާ އަދި މޮޑާނާ އިން ތައްޔާރުކޮށްފައިވާ ވެކްސިން ދެ ޑޯޒަކަށް ބަހާލައިގެންދޭ އިރު، ފަހުން ކުރި ތަހުލީލްތަކުން ދައްކާ ގޮތުގައި ވެކްސިން ދިން ފަރާތްތަކުގެ ހަށިގަނޑުގައި އިތުރު އެއްވެސް ގޮތް ނޭނގޭ ބައްޔެއްގެ އަލާމާތެއް ފެނިފައެއް ނުވެ އެވެ.

ދެ ވެކްސިންގައި ހުރި ތަފާތު ކަންތައްތައް:

ފައިޒާ އަދި މޮޑާނާ އިން ތައްޔާރުކޮށްފައިވާ ވެކްސިން ރައްކާކުރަން ޖެހެނީ ފިނީގައި ކަމަށްވާ އިރު، ފައިޒާގެ ވެކްސިން ރައްކާކުރަން ޖެހެނީ 70- ޑިގްރީސް ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ. އަދި މޮޑާނާގެ ވެކްސިން ރައްކާކުރަން ޖެހެނީ 20- ޑިގްރީސް ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ.

ފައިޒާގެ ވެކްސިން ބޭނުންކުރި ބައެއް މީހުންގެ ހަށިގަނޑުން އެލާޖީތައް ފެނިފައިވާ އިރު، މޮޑާނާ ވެކްސިން ބޭނުންކުރި ބައެއް މީހުންގެ ފަރާތުން ވަނީ ބޮލުގައި ރިއްސުމާއި ވަރުބަލިވުން ފަދަ އަލާމާތްތައް ފެނިފަ އެވެ.

ފައިޒާ އަދި މޮޑާނާ އިން ވެކްސިން ދޫކުރަން ފަށާފައިވާ އިރު، ބައެއް ކުންފުނިތަކުން އަދިވެސް ދަނީ ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން ތައްޔާރު ކުރަމުންނެވެ.

75.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މި ވަނީ އަށް ލައްކައިގައި އޮތުމަށްފަހު ފަސް ލައްކަ އަށް މަދުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް