ads
ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ
ނެހާ ބަނޑު ބޮޑެއް ނޫން، އެއީ ލަވައެއްގެ ޓީޒާއެއް!
މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި ރޯހަންޕްރީތު މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ކައިވެނިކޮށްފައި ވާއިރު އެމީހުންނަށް ދަރިއަކު ލިބެން އުޅޭ ކަމަށް އިއްޔެ ވަނީ އަޑު ފެތުރިގެންގޮސްފަ އެވެ. ނެހާ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާއިއެކު ފޭނުން ދިޔައީ ކައިވެނި ކުރިތާ ދެމަސްތެރޭ އޭނަ ބަނޑު ބޮޑުވެފައި ހުއްޓާ ފެނުމުން އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުންނެވެ.
Advertisement

ނެހާ އާއި އޭނާގެ ފިރިމީހާ ރޯހަން ފޮޓޯއަކަށް ހުއްޓިލައިގެން ހުރިއިރު ނެހާގެ ބޭބީ ބަންޕް ފެންނަ ގޮތަށް ނަގާފައިވާ ލޯބި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ނެހާ ހިއްސާކުރުމާއިއެކު އެ ފޮޓޯ ވަރަށް ބޮޑަށް ވެސް ވައިރަލް ވެގެން ދިޔައެވެ. އަދި އެއްބަޔަކު ނެހާ އެހާ އަވަހަށް ބަނޑު ބޮޑު ވެގެން ފާޑުކީއިރު އަނެއް ބަޔަކު ދިޔައީ އެދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. 

އާއްމުންގެ އެކި ވާހަކަތަކާއިއެކު ނެހާ މިއަދު ވަނީ ފޮޓޯގެ ހަގީގަތް ހާމަކޮށް އަނެއްކާވެސް އެ ފޮޓޯ ހިއްސާކޮށްފައެވެ. ނަމަވެސް މިފަހަރު ހިއްސާކުރީ މިމަހުގެ 22 ވަނަ ދުވަހު އޭނަ އަލަށް ރިލީޒްކުރާ "ހަޔާލް ރައްކާކަރް" މި ލައިވައިގެ ޓީޒާއެކެވެ. ފިރިމީހާ ރޯހަން ޕްރީތް އާއިއެކު އޭނަ ކުޅޭ އެލަވަ އަކީ ދެމީހުންގެ ކައިވެންޏަށް ފަހު ކުޅޭ ފުރަތަމަ ލަވައެވެ. 

މިއަދު ހިއްސާކުރި ޓީޒާއާއެކު ނެހާ ބަނޑުބޮޑު ނޫންކަން އެނގުމުން ގިނަ ބަޔަކު ދަނީ މިއީ ނެހާ ކޮށްލި ސަމާސާއެއްތޯ ވެސް ސުވާލު އުފައްދާފައެވެ. ކޮންމެއަކަސް ނެހާ ބަނޑު ބޮޑީކީ ނޫނެވެ. އެއީ އޭނަ ދެން ރިލީޒްކުރާ ލައިވަިއގެ ޓީޒާއެކެވެ.

ކައިވެނީގެ ފަހުން ނެހާ އާއި އޭނާގެ ފިރިމީހާއަށް ގިނަ ބައެއްްގެ ސަމާލުކަން ވެސް އަންނަނީ ލިބެމުންނެވެ. 

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް