ads
އެއާ ފްރާންސްގެ ބޯޓެއް ވެލާނާ އެއާޕޯޓްގައި--- ފޮޓޯ: ވެލާނާ އެއާޕޯޓް
އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ފްރާންސްގެ ގައުމީ އެއާލައިން ކަމަށްވާ އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުތައް މެދުކަނޑާލާފައިވާ އެއާ ފްރާންސުން މިއަދު ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ.

އެއާ ފްރާންސުން، ފްރާންސްގެ ޕެރިސް ޗާސް ޑިގުލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

އެއާ ފްރާންސުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށައިފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ އެއާލައިނުން ވަނީ ދަތުރުތައް އިތުރުވެސްކޮށްފަ އެވެ.

ބޯޑަރު ހުޅުވާލުމާއި އެކު ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ ހަތަރު އެއާލައިނަކުން ކަމަށްވާ އިރު، އޭގެ ފަސް މަސް ފަހުން މިހާރު 19 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރަމުންދެ އެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ފްރާންސް ހިމެނޭއިރު، ނޮވެމްބަރު މަހުގެ ނިޔަލަށް އެގައުމުން 24،033 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެގައުމުން 3،109 ފަތުރުވެރިން އައިސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް