ޝެއިހް އަލީ ޒައިދު މިއަދު ކުރި ޓްވީޓެއްގައި ބުނީ މާލެއަށް ބޮޑެތި ލުއިތައް ދެމުން ދާއިރު، ލަސްނުކޮށް ދަރުސްތައް ފެށުމަކީ މިހާރު ދިވެހިން އެންމެ ބޭނުންވާ ކަންތައް ކަމަށެވެ.
"މިހާރު މުޖުތަމައިން ފެންނަ ލުއިތަކާއި މަންޒަރުތަކަށް ބަލާއިރު އެޗްޕީއޭއިން މިސްކިތްތަކުގެ ދަރުސްތަކަށް ފުރުސަތު ދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަން!،" ޓްވީޓުގައި ވެއެވެ.
ޝެއިހް އަލީ ޒައިދުގެ އިތުރުން އެހެން ބައެއް ޝެއިހުން ވެސް ވަނީ މިފަދަ ހިޔާލުތައް ފާޅުކުރަމުންނެވެ. އެގޮތުން ޝެއިހް އާދަމް ނިޝާން ކުރި ޕޯސްޓެއްގައި ވަނީ މިސްކިތްކަށް ލުއި ނުދޭތީ ނުރުހުން ފާޅުކޮށްފަ އެވެ.