ads
ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ--
ނެހާ ކައްކަރު، ހަމަ އަސްލު ވެސް ބަނޑު ބޮޑު؟
މިދިޔަ ހުކުރު ދުވަހު މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު، އިންސްޓަގްރާމު ކުރި ފޮޓޯއަކާއެކު ފެތުރިގެންދިޔައީ އޭނާ ބަނޑުބޮޑު ހަބަރެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ލަވަކިޔުންތެރިޔާ ރޯހަންޕްރީތުއާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިވެ އިން ހަބަރު، އެރީ މި ބުނާ ފޮޓޯއަކާއެކު އެވެ. ފެނިގެންދަނީ ނެހާގެ ފަހަތުރުން ފިރިމީހާ އޭނާގެ ގައިގައި ބައްދާލާއި، ބަނޑުގައި އަތް އަޅުވާލައިގެން ހުރި މަންޒަރެވެ.
Advertisement

ހިތަކާއި އުފާވެފައި ހުރި އިމޯޖީއަކާއެކު މި ފޮޓޯ ހިއްސާކުރިއިރު މި ފޮޓޯ ފެނި، ނެހާ ބަނޑުބޮޑު ކަމަށް ހީކުރީ ހަމައެކަނި ސަޕޯޓަރުންނެެއް ނޫނެވެ. އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ދެ ތަރިންނަށް މަރުހަބާގެ މެސެޖްތައް ކުރިކަން ކޮމެންޓްތައް ހާވާލުމުން އެނގުނެވެ. 

ކޮންމެއަކަސް، އިއްޔެ އިރުއެރީ އަނެއްކާ ވެސް ނެހާގެ މޮޅު ސްޓަންޓަކާއެކު އެވެ. އޭނާ އިންސްޓަގްރާމަށް ދޫކޮށްލީ މިބުނާ ފޮޓޯ އެޑިޓްކޮށް ފެންނަނީ ލަވައެެއްގެ ޕޯސްޓަރަކަށް ހެދާފައިވާ މަންޒަރެވެ. އަދި އެއީ މިމަހުގެ 22 ގައި ނެރޭ ލަވައެއްގެ ޕޯސްޓަރެއްގެ މަންޒަރެއްކަން ދައްކާލި އެވެ. 

your imageނެހާ އާއި ރޯހަންޕްރީތު--

މިއާއެކު ސަޕޯޓަރުންނަށް ބޮޑު މާޔޫސްކަމެއް ގެނުވީ މިފަދަ ގޮތަކަށް އޭނާގެ ލަވަ ޕްރޮމޯޓްކުރުމުންނެވެ. އަނެއް ބަޔަކު އޭނާގެ ޕްރޮމޯޝަނަލް ސްޓަންޓަށް ނިކަން ތައުރީފްވެސް ކުރި އެވެ. 

ކޮންމެއަކަސް މިހާރު ހިސާބުން އުފައްދަން ޖެހޭ ސުވާލަކީ ނެހާ ހަމަ އަސްލަށް ވެސް ބަނޑުބޮޑުތޯ އެވެ. އެ ސުވާލު އުފައްދަން ޖެހޭ އެތައް ސަބަބެއް އެބަ ހުއްޓެވެ. އެއީ މިދިޔަ އޮކްޓޫބަރުގައި ނެހާ އާއި ރޯހަން ކައިވެނިކުރުމުގެ ކުރިން އެ އަޑުތައް އެރިއިރު ވެސް މިފަދަ ޕޯސްޓަރެއް ދޫކޮށްލި އެވެ. އަޑު ގަދަވީ ވެސް އެހިސާބުންނެވެ. އެކަމަކު އެ ވާހަކަ ކަށަވަރުކޮށްނުދީ ދޫކޮށްލީ ކައިވެނި ކުރި ފޮޓޯތަކެވެ. މިހެންކަމުން، މިފަހަރު ވެސް ލަވަޔަކާއެކު ހަމަ ހަގީގަތުގައި ވެސް އުފާވެރި ހަބަރެއް ދިނީ ކަމަށް ބެލެވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންނަމަވެސް އެކަން ކަށަވަރުކޮށެއް ނުދެ އެވެ. 

your image

ކައިވެނީގެ ފަހުން ނެހާ އާއި އޭނާގެ ފިރިމީހާއަށް ގިނަ ބައެއްްގެ ސަމާލުކަން ވެސް އަންނަނީ ލިބެމުންނެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް