ads
މީރާ--
ޓެކްސް އެޕީލް ޓްރިބުނަލް ގައި އިސްތިއުނާފުކުރާ މައްސަލަތަކުގެ އިޖުރާއަތައް ބަދަލުތަކެއް!
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ މައްސަލަތަކުގައި އިސްތިއުނާފުކުރާ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ބަދަލުވެފައިވާކަމަށް ޓެކްސް އެޕީލް ޓްރިބުނަލް އިން ބުނެފިއެވެ.

މި ބަދަލުތަކަކީ ޓެކްސް ނެގުނާއި ބެހޭ އުދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވިފައިވާ ބަދަލުތަކެކެވެ. 

އެގޮތުން މި ގާނޫނުގެ 5 ވަނަ މާއްދާގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން، މީރާއިން ނިންމާ ނިންމުން 60 ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރިބުނަލްއަށް ހުށަހެޅޭގޮތަށް އެ މާއްދާ ވަނީ އިސްލާހު ކޮށްފައެވެ.

މީގެ އިތުރުން މީރާއިން ނިންމާ ނިންމުމަކީ އިސްވެ ބަޔާންކުރެވުނު ގާނޫނުގެ 6 ވަނަ މައްދާގެ ދަށުން ކަނޑައަޅައިފައިވާ އަދަދަކާ ގުޅޭ
މައްސަލައެއްނަމަ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ކުރިން ދައްކަންޖެހޭ އަދަދުގެ އިންސައްތަ އަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން 30 އިންސައްތަ ދެއްކުމުގެ ބަދަލުގައި، އިއުތިރާޒުކުރާ އަދަދުގެ 25 އިންސައްތަ މީރާއަށް ދެއްކުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެމައްސަލަ ހުށަހެޅޭނެއެވެ. އަދި އިއުތިރާޒުކުރާ އަދަދުގެ 25 އިންސައްތަ ހިސާބުކުރާނީ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް ނުހިމަނައެވެ.

އަދި މީގެކުރިން، މީރާއަށް އިއުތިރާޒުކޮށް ނިންމުމެއް ނިންމައިފައިވާ މައްސަލަތައް ގާނޫނުގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅުމަށް ކަނޑައަޅައިފައިވާ 30 ދުވަހުގެ މުއްދަތު 60 ދުވަހަށް ވަނީ އިތުރު ކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް