ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްްކަވަމުން ޑރ. ނަޒްލާ ވީދާޅުވީ، އެޅިފައިވާ ގިނަ ފިޔަވަޅުތަކުން މިހާރު ގިނަ ލުއިތަކެއް ދެވިފައިވާކަމަށާއި އެހެންނަަމަ ވެސް ފަރުވާ ކުޑަކޮށްލާގެން ނުވާނެ ކަމަށެވެ.
ދެވެމުންދާ ލުއިތަކާއިއެކު އަދިވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޮޑު ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ދުވާލެއްގެ މަށްޗަށް 3000 އަށްވުރެ ގިނަ ސާމްޕަލް ނަގާއިރުވެސް ކޮވިޑްގެ އިތުރު ކޭސްތައް ނުފެންނަކަމަށެވެ.
އެހެންކަމުން މިހާރު މިހާ ބޮޑު ލުއިތަކެއް ދެވިފައިއޮތުމުން ފިވަޅުތަކާއި އެއްގޮތަށް ރައްކާތެރިކަމަށް ސާމާލުކަން ދީގެން ހުރިހާ ބޭފުޅުންވެސް ކުރިއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިހާރު މިހުރި ފިވަޅުތަކާއިއެކު ވެކްސިން އަންނަންދެން ގިނަ ދުވަހު ކޭސްތައް ނުފެނި ހިފައްޓާލެވޭނީ އޭރުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ޔޫކޭގައިވެސް އާ ސްޓްރެއިންނެއް ފެނިފައިވާކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މިކަހަލަ ކަންތަކުގެ މައުލޫމާތު ވެސް ލިބެނީ ސްޓްރެއިން ފެތުރިގަންނަން ފަށާ ފަހުންކަމަށެވެ. އެހެންވުުމުން މިފަދަ ކަންތައްތަކުންވެސް ރައްކާތެރިވެވޭނީ ބަލި ކޮންޓްރޯލްކުރުމަށް ހުރި ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމުންކަމަށް ވެސް ޑރ. ނަޒްލާ ވިދާލުވިއެވެ.