ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް"ގެ އާ ޕޯސްޓަރަކާއެކު ޓްރެއިލާ ނެރެފިއެވެ.

Advertisement
ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް"ގެ އާ ޕޯސްޓަރަކާއެކު ޓްރެއިލާ ނެރެފި އެވެ.
ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ތިން މިނެޓާއި 22 ސިކުންތުގެ މި ޓްރެއިލާ ބެލުމަށްފަހު ގިނަ ބައެއްގެ ފަރާތުން ވަނީ ޕޮސިޓިވް ކޮމެންޓްތަކެއް ލިބިފަ އެވެ.
ކަރީނާ އާއި އަކްޝޭގެ އިތުރުން މި ފިލްމުން ދިލްޖިތް ދޮސަންޖް އާއި ކިއާރާ އަދްވާނީ ވެސް ފެނިގެންދެ އެވެ.
ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ މިފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 27 ވަނަ ދުވަހު އެވެ.
މިފިލްމަކީ ކައިވެނި ކޮށްގެން އުޅޭ ދެ ޖޯޑެއްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ މަޖާ ފިލްމެކެވެ.