މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ވާގޮތުން، ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ނަގުދު ފައިސާ، އެމްއެމްއޭއަށް ރިޕޯޓްކުރަންޖެހޭ ގޮތައް އެންމެ ފުރަތަމަ އޮތީ 30،000 ޑޮލަރަށް ވުރެ އިތުރުވާނަމައެވެ.
އެ އަދަދު މި އަހަރު ވަނީ ވަނީ 20،000 ޑޮލަރަށް ދައްކޮށްފައެވެ.
އެންމެ ފަހުން ގެނައި އިސްލާހާއެކު އެ އަދަދު ވަނީ 10،000 އެމެރިކާ ޑޮލަރަށް ދަށްކޮށްފައެވެ.
ގާނޫނަށް ގެނެވުނު އިސްލާހު މިހާރު ގެޒެޓުކޮށްފައިވާއިރު އިސްލާހަށް އަމަލުކުރަން ފަށާނީ، 2021 ވަނަ އަހަރުގެ ޖަނަވަރީ 17 ވަނަ ދުވަހުން ފެށިގެންނެވެ.