ads
ޓެލެ ކްލާހެއް
ސްކޫލްތައް ހުޅުވިއަސް ޓެލެކްލާސްތައް ހުއްޓާނުލާނެ
އަންނަ އަހަރުގެ ކޮޔެވުންވެސް ކުރިއަށް ދާނީ ކޮވިޑް-19 ގެ ހާލަތުގައި ތައުލީމު ފޯރުކޮށްދިނުމަށް ގެންގުޅުނު އުސޫލުތަކާއި، އޮންލައިން ކްލާސްތަކުގެ އިތުރުން ޓެލެކްލާސްތަކާއި ވެސް އެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
Advertisement

މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ވާހަކަދައްކަަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ކިޔަވައިދިނުމުގައި ބޭނުންކުރި މޮޑާލިޓީތައް 2021 ވަނަ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާއިރު ވެސް ބޭނުން ކުރެވިގެންދާނެ ކަމަށެވެ. 

ހާއްސަކޮށް ކޮވިޑް ކޭސްތައް ގިނަ މާލެ ކަހަލަ ދަރިވަރުންގެ އާބާދީ ބޮޑު ސްކޫލްތަކުގައި ހުރިހާ ދުވަހު ސްކޫލަށް ހާޒިރު ނުވޭވޭނަމަ އޮންލައިންކޮށް ވެސް ކްލާސްތައް ކުރިއަށް ދާނެ ކަމަށް މޫސާ އާދަމް ވިދާޅުވިއެވެ.

މުސާ ވިދާޅުވީ ހަމަ އެގޮތަށް ޓެލެކްލާސްތައްވެސް ކުރިއަށް އޮތް ޓާމުގެ ކިޔެވުން ކުރިއަށް ގެންދާއިރު ވެސް ބޭނުން ކުރަމުންދާނެ ކަމަށާއި ސްކޫލްތަކުގެ ކިޔެވުން 2021 ވަނަ އަހަރުވެސް ކުރިއަށް ގެންދާނީ އޮންލައިން ކްލާސްތަކާއި ޓޭލެކްލާސްތަކުގެ އިތުރުން "ފޭސް ޓު ފޭސް" ކްލާސްތަކާއި ވެސް އެކު ކަމަށެވެ. 

އޭގެ އިތުރުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ، އަންނަ އަހަރުގެ ކިޔެވުން ކުރިއަށް ދާނީ ތިން ކެޓަގަރީއަކަށް ސްކޫލްތައް ބަހާލެވިގެން ކަމަށް ވީނަމަވެސް ވަކިވަކި ކީ ސްޓޭޖްތަކަުގައި މާއްދާތަށް ކިޔަވައިދޭންވީވަރު ކަނޑައެޅިފައި ހުންނާނެ ކަމަށެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި ކޮންމެ މާއްދާއަކަުން ނަގާދޭންޖެހޭނީ ކިތަށް ގަނޑިކަން ކަނޑައަޅާފައިވާނެ ކަމަށް މުޖާހިދު ވިދާޅުވިއެވެ. 

އެހެންކަމުން ސްކޫލަށް ގޮސްގެން އެ ގަނޑިތައް ނެގޭ ކަމުގައި ވާނަމަ އެ ގަނޑިތައް ނަގާނީ ސްކޫލަށް ގޮސްގެން ކަމަށާއި، އެނޫން ހާލަތެއްގައި ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ވާންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެނަމަ އޮންލައިން މަންސަތަކުގެ އެހީގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

 މުޖާހިދު ވިދާޅުވީ އޭގެ މަގުސަދަކީ ކަރިކިއުލަމްއިން ކޮންމެ ސްކޫލެއްގައިވެސް ދަރިވަރުންނަށް އުގަންނާދޭންޖެހޭ ބައި ވަކި ސްކޫލަަކަށް ތަފާތު ކުރުމެއްނެތި އުގަންނާދެވިގެން ދިޔުން ކަމަށެވެ.   

ޓެލިކިލާސް ސެޝަންތައް އިތުރަށް ތަރައްގީވެ، ދަރިވަރުންގެ ކިޔެވުން މެދުނުކެޑި ކުރިއަށް ގެންދިއުމަށް އުފަންކުރެވުނު ޓެލިކިލާސް ސެޝަންތައް އިތުރަށް ތަރައްގީވެ ދަރިވަރުން ކިޔެވުމުގައި ބޭނުންކުރާ އިތުރު އެހީއަކަށް އެ ކުލާސްތައް ވެގެން ދިޔުމަކީ އުންމީދެއްކަމަށް އެެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެކި މުދައްރިސުން އެކި މައުލޫތައް ކިޔަވާދެއްވާ ގޮތް ދަރިވަރުންނަށް ތަޖުރިބާ ކުރެވޭނެ ވަސީލަތަކަށް ވެސް ޓެލިކިލާސްވުމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ބޭއްވި ހަފުލާއެއްގައި ދިނުމަށް ފަހު ސްކޫލުތައް ބަންދުކޮށްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުން ބޮޑެވެ.

އެގޮތުން ކޮވިޑް-19 ގެ ހާލަތުގައި އެކި ފަހަރުމަތިން ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުން ހުއްޓާލަން ޖެހުނުއިރު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ބޮޑުވެ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ އެންމެ ރައްކާތެރިގޮތަށް ނުވާތީ ކުދިންނަށް މުޅިންހެންވެސް ކިޔަވައިދެމުންދިޔައީ އޮންލައިންކޮށެވެ. 

ހާއްސަކޮށް ޕްރީންސްކޫލް ލެވެެލްގެ ދަރިވަރުންގެ މިއަހަރުގެ މުޅި ތައުލީމީ ދައުރު ނިމިގެންދިޔައީ އޮންލައިން ކްލާސްތަކުންނެވެ. 

އެކުދިންނަށް އޮންލައިންކޮށް ތައުލީމް ފޯރުކޮށް ދިނުމަށް ކުރެވުނު މަަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ މުޅިން އަލަށް ވުޖޫދު ކުރެވުނު ޓެލެކްލާސް ތަކެވެ.

ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަވައި ދިނުމަށްޓަކައި ޓެލެކްލާސްތައް ވަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް