ads
ނެހާ ކައްކަރު--
ނެހާގެ އާ ލަވައަށް ބޮޑު ތަރުހީބެއް!
ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ ރޯހަން ޕްރީތު ސިންގް ކިޔާފައިވާ "ކިޔާލް ރަކްޔާ ކަރް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ސްކޫލު ދައުރުގެ ލޯބީގެ ވާހަކައަކުން ފެށިގެން ދެމީހުންނަށް ކައިވެނިކުރެވި އެންމެ ފަހުން ދަރިއަކު ލިބޭ މަންޒަރާއި ފިރިމީހާ އެކްސިޑެންޓެއްގައި މަރުވާ މަންޒަރު މި ލަވައިން ފެނިގެންދާއިރު ފަހުން ނެހާ އުމުރުން ދުވަސްވެފައި ހުއްޓާވެސް ފެނިގެންދެ އެވެ. 

ލޯބީގެ މި ލަވައަށް އެތައް މިލިއަން ވިއުސްއެއް ލިބިފައިވާއިރު އެ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާތީ ނެހާ އާއި އޭނާގެ ފިރިމީހާ ވަނީ ލިބެމުންދާ ތަރުހީބަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. 

މި ލަވަ ޕްރޮމޯޓްކުރުމަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ނެހާ ވަނީ އޭނާ ބަނޑުބޮޑުކޮށް ހުއްޓާ ފެނިގެންދާ ފޮޓޯއެއް ވެސް ދޫކޮށްލާފަ އެވެ. އެއާއެކު އޭނާ ބަނޑުބޮޑު ހަބަރު ފެތުރިގެންދިޔަ ނަމަވެސް ފަހުން ވަނީ އެއީ ލަވައެއްގެ ޕޯސްޓަރެއްކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެކަމާއި ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ. 

ނެހާގެ އެ އަމަލާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ނިކަން ފާޑުކިޔުންތައް ވެސް އަމާޒުކުރި އެވެ. 

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް