ads
ޑރ. ޖަމީލް--
ޝިޔާމަށް ދައުވާކުރަން ފޮނުވުމަކީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް: ޖަމީލް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްއަށް ދައުވާ ކުރުވަން ފޮނުވުމަކީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން އަހްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ތަހްގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވި މައްސަަލައާއި ގުޅިގެން ޑރ ޖަމީލް ވަނީ ޝިޔާމަށް ދައުވާކުރަން ފޮނުވިއިރު ވެންޓިލޭޓަރު ފަދަ ބޮޑެތި ހިޔާނާތްތަކަށްވީ ކިހިނެއްތޯ؟ ސުވާލު އުފައްދާފައެެވެ.

އަދި މަޖިލިސް ރައީސްގެ މައްޗަށް އޭސީސީން ސާބިތުކުރި ކޮރަޕްޝަން އެއުސޫލުން ބޭރުވީ ކިހިނެއްތޯ ވެސް ޖަމީލު ވަނީ ސުވާލުއުފައްދާފައެވެ. ޖަމީލް ވިދާޅުވީ އެއީ ގައުމީ ހިދުމަތުގައި ގުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެ ކަމަށެވެ.

ޝިޔާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލާގައި އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވެ އެވެ. އެގޮތުން، އެމްއެންޑީއެފްގެ މަރުކަޒެއް ކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެމް.އާރު.ސީ.ސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުސޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެ އެެވެ. އެހެންކަމުން، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭކަމަށް ވެސް ބުނެ އެވެ. 

ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ. އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވޭކަމަށް ވެސް ބުނެ އެވެ. 

އޭސީސީން ބުނީ އެ ގޭގައި ޝިޔާމުގެ ބައްޕަ، ދިރިއުޅެފައިވާތީ އާއި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވާކަން ތަހްގީގަށް އެނގިފައިވާ ކަމަށެވެ. އޭގެ އިތުރުން، ޝިޔާމްގެ ބައްޕަ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ހުރެފައިވަނީ ޝިޔާމް އަންގައިގެންކަމާއި، ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތްކަން ފާހަގަކުރެވޭ ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން، ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެކަން އެނގޭ ކަމަށާއި އެހެންނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން، ސިފައިންގެ އޮފިސަރެއް ޝިޔާމްގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާތީއާއި، އެމް.އާރު.ސީ.ސީގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނި ގޮތުގައި އެކަންކަމަށް ބެލުމަށް ފަހު ޝިޔާމް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި އޭނާގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް އެމް.އާރު.ސީ.ސީގައި ބަހައްޓާފައިވަނީ މަގާމްގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ހިލާފަށް ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަހްގީގަށް ފާހަގަކުރެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް