ads
އިބްތިހާލް އާއި އޭނާގެ މަންމަ އާފިޔާ މުހައްމަދު--
އިބްތިހާލްގެ މަރު: އާފިޔާއަށް ހުކުމްކުރުން ހޯމަ ދުވަހު
ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން އަންނަ ހޯމަ ދުވަހަށް ތާވަލުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މި މައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

މިއަދު އެ މައްސަލައިގައި އާފިޔާގެ ފަރާތުން ހުލާސާ ބަޔާނެއް އިއްވުމަށް އަޑުއެހުމެއް ބޭއްވިއިރު ކުރިއެކޭ އެއްގޮތަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ މައްސަލައިގައި ހުކުމް ކުރުން އޮންނާނީ މިމަހުގެ 28 ވާ ހޯމަ ދުވަހު ކަމަށެވެ. 

މިމަހުގެ 14 ވަނަ ދުވަހު ވެސް އެ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވި އެވެ. އެކަމަކު ހުލާސާ ބަޔާން އިއްވުން މިއަދަށް ފަސްކުރަން ޖެހުނީ ދައުލަތުން އާފިޔާއަށް ހަމަޖައްސާފައިވާ ވަކީލު ބަދަލުވެ ހުލާސާ ބަޔާން އިއްވުން ފަސްކޮށްދިނުމަށް އޭޖީ އޮފީހުން އެދިގެންނެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާ ވަނީ ކޯޓުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވެފައި ފަހުން އެކަމަށް އިންކާރުވެސް ކޮށްފައިވެ އެވެ. އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވީ ބިރު ދެއްކުމުން ކަމަށްވެސް ބުނެފައިވެ އެވެ. 

އިބްތިހާލު މަރާލި ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރުވެސް މިމައްސަލަ ނިންމާލެވިފައި ނުވާތީ ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް