އެގޮތުން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ކާގޯ އެކްސްޕްރެސްގެ ހިދުމަތްދެމުން ގެންދާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ރޭގަނޑު 8:00 އަށެވެ.
މޯލްޑިވިއަން އިން ތައާރަފްކުރި އެކްސްޕްރެސް ކާގޯގެ ހިދުމަތުގެ ދަށުން އަތޮޅުތަކުގެ އިތުރުން ބޭރު ގައުމުތަކަށްވެސް މުދާ ފޯރުކޮށްދެއެވެ.