ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވުމަށް -/1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. އަދި މި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން 20 އޮކްޓޫބަރު 2026 ނިޔަލަށްކަމަށާއި ފައިސާ ދެއްކުމަށްފަހު ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފީނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 864,000.00 ހުށަހަޅަން ޖެހޭނެކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މަސައްކަތްތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 25 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00:00ގެ ކުރިންކަމަށާއި މިޕްރޮޖެކްޓުތަކުގެ ބިޑު ހުޅުވުން އޮންނާނީ 26 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00:00 ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ލ. އަތޮޅު ގަމުގައި އަޅަން މި ސަރުކާރުން ވައުދުވި މެންޓަލް ހޮސްޕިޓަލަށް އަޅަން ލޯނު ނުލިބިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލް އަޅަން ނިންމާފައިވާކަަމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދަޅުވީ މިދިޔަ އޭޕްރިލް މަހުގެ 27ގައި ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މެންޓަލް ހޮސްޕިޓަލް މާލޭގައި އަޅަން ޖެހުނު ސަބަބަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނައިން ވެރިރަށް މާލޭގައި ތިބިމުންކަމަށެވެ. އެގޮތުން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާސަންދަ ހަމަޖައްސައިދިން ފަހުން މިދިޔަ އޭޕްރިލްގެ ނިޔަލަށް 10،954 މީހަކު އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ރައީސް ވިދާޅުވިއެވެ.