ads
ރައީސް ސައުދީ އަރަބިޔާ ގައި - ފޮޓޯ: ރައީސް އޮފީސް
ސައުދީން ރާއްޖޭގެ ތަރައްގީއަށް ދެނީ އަގުނުކުރެވޭފަދަ ހިއްސާއެއް: ރައީސް
ސައުދީ އަރަބިޔާއިން ރާއްޖޭގެ ތަރައްގީއަށް ދެނީ އަގުނުކުރެވޭފަދަ ހިއްސާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުއަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުއަށާއި، ސައޫދީގެ ޝާހީ އާއިލާއަށާއި ސަރުކާރަށާއި އަދި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފަ އެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ތާރީހީ އަދި އިސްލާމީ މަތިވެރި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ.

ރައީސްގެ މެސެޖުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ޤައުމުގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ. އަދި ސައުދީގެ ރަސްކަމަށް ދެމިއޮތުމާއި އެ ޤައުމަށް ހަމަޖެހުމާއި، ތަނަވަސްކަމާއި، ޝަރަފުވެރިކަމަށް އެދި ދުއާ ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް