ads
މާބަނޑު އަންހެނެއް --
މާބަނޑު މީހުން ކޮވިޑް ވެކްސިން ޖަހާނެތަ؟
ދުނިޔެއިން ކޮވިޑް 19 ފެނުނުތާ އަހަރެއްވެފައި ވާއިރު، މި ބަލިމަޑުކަމުން ސަލާމަތް ވުމުގެ ކޮޅުމަތި ފެނުން ކަމަށްވީ ކޮވިޑް ވެކްސިނެއް އުފެއްދުމުންނެވެ. ނަމަވެސް އެއާ އަހަވަށް ވެކްސިނެއް އުފެއްދުމުން މީގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާ، މި ވެކްސިން އެންމެނަށް ޖެހޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
Advertisement

ކޮވިޑް 19ގެ ވެކްސިން އެކި ގައުމުތަކުގައި ދޭން ފަށާފާއިރު، ޔަގީންވާ އެއް ކަމަކީ އެންމެނަށް މި ވެކްސިން ޖެހުމުގެ ފުރުސަތު ނުލިބޭނެ ކަމެވެ. މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުންނަކީ މި ކެޓަގަރީގައި ހިމެނޭ ބައެކެވެ. ނަމަވެސް އެއީ އެ އަންހެން މީހާ ދިރިއުޅޭ ތަނެއްގެ މައްޗަށް އޮންނަ ކަމެއް ކަމަށް ބީބީސީ ނިއުސްގައި ބުނެފައިވެއެވެ.

ފައިޒާ ވެކްސިން ތައްޔާރު ކުރުމުގެ ކްލިނިކަލް ޓްރަޔަލްގައި މާބަނޑު މީހުން، ނުވަތަ ގާތުން ކިރުދޭ މީހުންނެއް ބައިވެރިވެފައި ނުވާ ކަމަށް ބަޔޯއެންޓެކުން ބުނެއެވެ. މިއާއެކު މި ވެކްސިނާއި ގުޅިގެން މާބަނޑު މީހުންނަށް ހުރި ރިސްކެއް މިހާތަނަށް ދެނެގަނެވިފައި ނުވެއެވެ.

މިއާއެކު އިނގިރޭސިވިލާތުގައި ވެކްސިން ޕްރޮގްރާމް ތަކުން މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން ވަނީ އެކަހެރި ކޮށްފައެވެ. މިއާ ހިލާފަށް އެމެރިކާގައި ކޮވިޑް ވެކްސިން ޖެހުން ވަނީ އަންހެން މީހާގެ އަތްމައްޗަށް ދޫކޮށްލާފައެވެ. އެއީ އޭނާ އަމިއްލައަށް ބޭނުންވާ ނަމަ ވެކްސިން ޖެހުމުގެ ފުރުސަތު ލިބިދޭ ގޮތަށެވެ.

ދުނިޔޭގައިވެސް އެންމެ ފުރަތަމަ ކޮވިޑް ވެކްސިންދޭން ފެށި ގައުމުތަކު ތެރޭ ހިމެނޭ އެމެރިކާއާއި އިނގިރޭސި ވިލާތުގައި މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުނަށް ވެކްސިން ދިނުމުގައި ތަފާތުތަކެއް ގެންގުޅުމުގެ އެންމެ ބޮޑު ސަބަބަކީ މިކަމާ ގުޅޭ އެއްވެސް ދިރާސާއެއް ނެތުމެވެ. ބީބީސީގައި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ބަޔޯއެތިސިސްޓް ޑރ. ރުތް ފަޑެން އާއި ހަވާލާދީ ބުނެފައިވަނީ ވެކްސިންގެ ސަބަބުން ދަރިފުޅަށާއި މައިމީހާއަށް ކުރާނެ އަސަރެއް އެއްވެސް ވަރަކަށް ދިރާސާ ކުރެވިފައި ނުވާ ކަމަށެވެ. އަދި މިކަމުގެ އެއްވެސް ޑޭޓާއެއް ނެތްކަން ޑރ. ރުތް ފާހަގަ ކޮށްފައިވެއެވެ.

ފައިޒާ ވެކްސިން ތައްޔާރު ކުރި ކުންފުނިން ވަނީ ކްލިނިކަލް ޓްރެއިލްގައި މާބަނޑު މީހުންނަށް ވެކްސިން ދީފައި ނުވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ގަވައިދުތަކާއި އެއް ގޮތަށް އަމަލު ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިފަދަ ދިރާސާއެއްގައި މާބަނޑު މީހުން ކްލިނިކަލް ޓްރަޔަލްސްގައި ބައިވެރިކުރާނީ ޖަނަވާރުން ބޭނުން ކޮށްގެން ފުރިހަމަ ކުރާ "ޑާޓް ސްޓަޑީޒް" ނިންމުމަށް ފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑރ. ރުތް ވިދާޅުވީ ކޮވިޑް ވެކްސިނުގެ ހަގީގީ ބޭނުން ހިފޭނީ މާބަނޑު މީހުންނަށްވެސް އޭގެ ބޭނުން ކުރެވޭ ވެކްސިނެއް އުފެއްދިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުރި ރިސްކު ނޭނގު، މާބަނޑު މީހުންނާއި ކިރުމައިންނަށް ވެކްސިން ނުޖެހޭނަމަ މި ބަލިމަޑުކަމާ ދެކޮޅަށް ވެކްސިންގެ މާ ބޮޑު އެފެކްޓެއް ނޯންނާނެ ކަމަށް ޑރ. ރުތް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް