ads
އައްޑޫ ސިޓީ ހިތަދޫ---
އައްޑޫގައި ރޯގާ އިތުރު ވެއްޖެ!
އައްޑޫގައި އަރިދަފުސް ރޯގާ ޖެހިފައިވާ މިންވަރު އިތުރު ވެފައިވާކަމަށް އައްޑޫ އެކުއެޓޯރިޔަލް ހޮސްޕިޓަލުން ބުނެފިއެވެ.
Advertisement

އައްޑޫ އެކުއެޓޯރިޔަލް ހޮސްޕިޓަލުން ބުނީ  މިދުވަސް ވަރަކީ ދިރާސީ އަހަރުނިމި ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން، އައްޑޫ ސިޓީއަށް ރާއްޖޭގެ އެކި ހިސާބުތަކުން ދަތުރު ފަތުރު ކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުން އުޅޭ ތަންތަނަށް ދިޔުން ވަނީ އިތުރުވެފައިކަމަށެވެ.

މިގޮތަށް ކަންކަށް އޮތްއިރު އެ ހޮސްޕިޓަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދުވަސްވަރު އައްޑޫ ސިޓީގައި އަރިދަފުސް ރޯގާ ޖެހޭމިންވަރުވަނީ އިތުރުވާންފަށާފައިކަމަށާއި މީގެ އިތުރުން އެހެނިހެން ގަޔަށް އަރާ ބަލިތައް އިތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެ ހޮސްޕިޓަލްއިން ވަނީ ހާއްސަކަންކަމަކަށް ސަމާލުވުމަށް އަންގާފައެވެ.

އެގޮތުން އައްޑޫ އެކުއެޓޯރިޔަލް ހޮސްޕިޓަލުން ވަނީ ކެއްސާ ކިބިހި އަޅާއިރު އަގަޔާއި ނޭފަތް ރަނގަޅަށް ޓިޝޫ އަކުން ފޮރުވުމާއި އެ ޓިޝޫ ރަނގަޅުގޮތުގައި ނައްތައިލުމާއި ހުންއައިސް ރޯގާ ޖެހިގެން އުޅޭ ނަމަ މީހުން އުޅޭ ތަންތަނަށް ނުދިޔުމާއި ބަލިވެގެން އުޅޭނަމަ މާސްކް އަޅާ އަދި 3 ފޫޓްގެ ގައިދުރުކަން ބެހެށްޓޫމާއި ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމާއި ބަލިމީހާއެކު ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިޔުމާއި އާންމު ސާފުތާހިރުކަމަށް ސަމާލުވެތިބުމާއި އިންފުލުއެންޒާއިން ރައްކާތެރި ވުމަށް ވެކްސިން ޖެހުމަށްވެސް  އެ ހޮސްފިޓާލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ކެއްސާ ހުންއައިސް ރޯގާ ޖެހިގެން އުޅޭނަމަ އައްޑޫގައި ހާއްސަކުރެވިފައިވާ ޕްލޫ ކްލިކްއަށް ދިޔުމަށް ވެސް އައްޑޫ އެކުއެޓޯރިޔަލް ހޮސްޕިޓަލުންވެސް ވަނީ އަންގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް