ads
ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުން
އިނގިލި ބުރިކުރާނެ ކަމަށްބުނި މީހުންގެ ބަންދަށް ފަސް ދުވަސް
ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފިނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
Advertisement

ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފިނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖެހީ އެ މީހުން، ވަކީލުން ބޭނުން ކަމަށް ބުނުމުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ:

ސ. ހިތަދޫ އަތިރީއާގެ، އަހުމަދު ސިވާތު (37 އަހަރު)

ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37 އަހަރު)

ފުލުހުން ބުނީ، ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފިނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދިނުމުގެ އިތުރުން، އެތަނުން މީހެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގަނެފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ބިދޭސީ މީހާގެ އަތުން ފޭރުނު ފައިސާ ވަނީ އަނބުރާ ހޯދާފަ އެވެ. އަދި ރޭ ވަނީ ޗާންދަނީ މަގުންވެސް ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މީހެއްވެސް ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް