ads
އަންކިތާ އާއި ސުޝާންތު އަދި ސަންދީޕް--
ޕާޓީއަށް ދިން ދައުވަތުން އެތައް ބައެއްގެ ފާޑުކިޔުން އަންކިތާއަށް!
މިމަހު 19 ވަނަ ދުވަހު އަންކިތާ ލޮކާންޑޭ ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ގާތް މީހުންނާއެކު ޕާޓީއެއް ބާއްވާފަ އެވެ. ރަޝަމީ ދެސާއީ އާއި ވިކީ ޖެއިން އަދި ނަތާޝާ ޝަރްމާ ވެސް ބައިވެރިވިމި، ޕާޓީގައި ގިނަ ބައެއްގެ ކަޅި ހުއްޓުނީ އާންމުވި ފޮޓޯއަކުންނެވެ.

ފެނިގެންދިޔައީ ސަންދީޕް ސިންގް ވެސް މީގައި ބައިވެރިވި މަންޒަރެވެ. އެއާއެކު މީހުން ވަނީ އޭނާއަށް ފާޑުކިޔަން ފަށާފަ އެވެ. ސަބަބަކީ އަންކިތާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތުގެ މަރާއެކު، ސަންދީޕް ވެސް އެކަމުގައިވާ ކަމަށް އަޑު އެރި އެވެ. އަދި އަންކިތާ ވެސް ސޯޝަލް މީޑިއާއަށް އޭނާއަށް ފާޑުކީއިރު ސަންދީޕް ވެސް ވަނީ އެތައް އެއްޗެއް އަންކިތާއަށް ގޮވާފަ އެވެ.  

އެއާއެކު ފާޑުކީ މީހުން ވަނީ އަންކިތާގެ ހަގީގީ ކުލަ ފެނިއްޖެ ކަމަށް ބުނެ ފާޑުކިޔާފަ އެވެ. 

ސުޝާންތުގެ މަރާއެެކު އޭނާ މަރާލާފައިވާ ކަމަށް ސުޝާންތުގެ އާއިލާއެކޭ އެއްގޮތަށް އަންކިތާ ވެސް ގަބޫލުކުރެ އެވެ. އަދި އިންސާފު ހޯދުމަށް އެތައް ގޮވުމެއް ގޮވަމުން އަންނައިރު މިފަހުން އަންކިތާ ވަނީ ސުޝާންތަށް ޓްރިބިއުޓެއް ވެސް ދީފަ އެވެ.

އަމްކިތާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނީ ޓީވީ ޝޯ، ޕަވިތުރަ ރިޝްތާއިންނެވެ. އެކަމަކު ހަ އަހަރު އެކުގައި އުޅުމަށް ފަހު އެ ދެ ތަރިން ވަކިވީ 2016 ވަނަ އަހަރެވެ.

އަންކިތާ ބުނީ އޭނާއަށް ސުޝާންތު، އެނގޭ ގޮތުގައި އޭނާއަކީ މާޔޫސްކަމާއި ކުރިމަތިލާފައިވާ މީހެއް ނޫން ކަމަށާއި އެގޮތުން ސުޝާންތު ފަދަ މީހަކު ދިމާ ނުވާ ކަމަށް ވެސް ބުންޏެވެ. އަދި އެގޮތުން ދިރިއުޅުމުގެ ވާހަކަ ސުޝާންތު އައީ ޑައިރީއެއްގައި ލިޔަމުން ކަމަށާއި އެގޮތުން ފަސް އަހަރު ދުވަހުގެ ޕްލޭންއެއް ތައްޔާރުކުރި ކަމަށެވެ. އަދި އެކަން ވެސް ހާސިލުކުރި ކަމަށެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް