ads
ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފުލުހުންގެ ފްރޮންޓްލައިން ހިދުމަތް ހަރުދަނާކުރުމަށް ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފި
މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސީދާގޮތުން ރައްޔިތުންނަށް ދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކުރުމަށް ބޭއްވި " ފްރަންޓްލައިން ޕޮލިސިން ސިމްޕޯޒިއަމް" ނިންމާލައިފި އެވެ.

ޑިސެމްބަރު މަހުގެ 22 ން 24 އަށް އިސްކަނދަރު ބިލްޑިންގައި ކުރިއަށް ގެންދިޔަ އެ ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހުމާނު އެވެ.

އެރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަަހްމަދު އަބްދުއްރަހުމާން ދެއްކެވި ވާހަކަފުޅުގައި މިފަދަ ސިމްޕޯޒިއަމެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މި ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށާއި އެގޮތުން ކުރެވުނު މަޝްވަރާތަކުން އެދެވޭ ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މި ސިމްޕޯޒިއަމްއަކީ ހެޔޮ ބަދަލު ތަކެއްގެ ފެށުން ކަމުގައި ވިދާޅުވިއެވެ.

your imageސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިން ގެދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއިމެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. އަދި އެސިމްޕޯޒިއަމްގައި ފްރޮންޓްލައިން ޕޮލިސިން ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާފައިވެއެވެެ. 

ފުލުހުން ބުނީ އެ ސިމްޕޯޒިއަމްގެ ސަބަބުން ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާއްމު ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓް ލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިފައިވާ ކަމަށެވެ. އޭގެއިތުރުން ފްރޮންޓްލައިން ފުލުހުންގެ މަސައްކަތްތައް ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމާއި، ފުލުހުންނަށް އެންމެ މުހިންމު ތަމްރީންތައް ދެނެގަތުމާއި މިހާރު ދެމުންގެންދާ ތަމްރީންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި ގާނޫނުތަކުން ދިމާވާ ދަތިތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ތަކެއްޗާއިމެދު އަމަލުކުރުމުގައި ތަހުގީގް މަރުހަލާގައި ހުރި ދަތިތަކާއި، ތަހުގީގު މަރުހަލާ ކުރިއަށްދާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ ތަހްގީގްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމުގެ އިތުރުން އިންޓެލިޖެންސްގެ އެހީތެރިކަން ފޮރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަތުމާއި އިތުރަށް ރަގަނޅު ކުރެވިދާނެ ކަންތައްތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިފައިވާ ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

އެ ސިމްޕޯޒިއަމްގައި ސެންޓްރަލް ޕޮލިސިން ކޮމާންޑާއި ޑިވިޒަނަލް ޕޮލިސިން ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސާވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.  މިބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުންވެސް ހިމެނެއެވެ. މި ސިމްޕޯޒިއަމްގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި ލީގަލް ޑިޕާޓްމަންޓާއި ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސާވިސަސް އާއި ލޮޖިސްޓިކް ސާވިސް އަދިކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް