ads
ޑރ. ޝަހީމް އަދި ރައީސް ޔާމީން -- ފޮޓޯ / އަވަސް
މަރު ކޮމިޝަނުގެ ރިޕޯޓަކީ ޝަހީމްގެ އަގުވައްޓާލަން ހިންގާފައިވާ އަމަލެއް: އިދިކޮޅު
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ތަހުގީގުކޮށް މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކީ ޑރ. ޝަހީމްގެ އަގުވައްޓާލަން ހިންގާފައިވާ އަމަލެއް ކަމަށް އިދިކޮޅި ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
Advertisement
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ތަހުގީގުކޮށް މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކީ ޑރ. ޝަހީމްގެ އަގުވައްޓާލަން ހިންގާފައިވާ އަމަލެއް ކަމަށް އިދިކޮޅި ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ އަބުރުކަތިލާ، އެމަނިކުފާނާ ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ. އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ އަތެއްވާކަން ދެއްކުމަށް ބައެއް ފަރާތްތަކުންދަނީ މަސައްކަތް ކުރަމުންދާ ކަމަށާއި ޑރ. ޝަހީމްއަކީ އެފަދަ ޢަމަލެއް ހިންގަވާނެ ބޭފުޅެއްނޫންކަން އެ ކޯލިޝަނުން ގަބޫލުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އެމަނިކުފާނަކީ ދީނީ އިލްމު އުނގެނިވަޑައިގެން ހުންނެވި، މާތް އަޚްލާގެ ވެރި ހެޔޮލަފާ، ރަނގަޅު އިލްމުވެރިއެއް ކަމަށްވެސް އިދިކޮޅި ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެހެންކަމުން އެމަނިކުފާނުގެ އިސްތަށިފުޅުގައި މިފަދަ ބޮޑު އިލްޒާމެއް އެޅުވުމަށް ބަޔަކު ފަތުރަމުންދާ ވާހަކަތައް މިކޯލިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިކޯލިޝަނުން ދެކޭގޮތުގައި މިކަމަކީ ޑރ.ޝަހީމަށް އަމާޒުކޮށް، ރޭވިގެން ހިންގާ ޖަރީމާ އެކެވެ. މިއީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ޑރ.ޝަހީމްގެ އަގުވައްޓާލުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް މިކޯލިޝަނުން ދެކެމެވެ،" ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީގެ އަވަހާރަކޮށްލި ހާދިސާއާއި ގުޅޭގޮތުން މަރު ކޮމިޝަނުން އިތުރު ދިރާސާތައްކޮށް، އެކަމުގެ އަސްލާ ހަމައަށް ދިއުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށް އެކޯލިޝަނުން ގޮވާލާ ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނީ، ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އަފްރާޝީމް އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އެދިވަޑައިގެން ނޫން ކަމަށެވެ. ނަމަވެސް، އެދުވަހު މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެމީހުންގެ ދެމެދުގައި ބަދަލު ކުރައްވާފައިވާ މެސެޖުތަކުން އެނގޭ ކަމަށެވެ.

ޑރ. އަފްރާޝީމަށް އެރޭ ޓީވީ ޕްރޮގްރާމަށް ވަޑައިގެންނެވޭނެ ކަމާއި، އެ ޕްރޮގްރާމަށް ވަޑައިގަތުމުގެ ޔަގީން ކަން ދީފައިވަނީ ކޮންފަރާތަކުން ކަން ނޭނގޭ ކަމަށް ޑރ. ޝަހީމް މަރު ކޮމިޝަނަށް ވިދާޅުވެފައި ވާއިރު، އެ ޕްރޮގްރާމަށް އަފްރާޝީމް ވަޑައިގަތުމުގެ ވާހަކަ ޝަހީމާ ދެމެދު ދެކެވިފައިވާ ކަމަށާއި އެ ޕްރޮގްރާމަށް އަފްރާޝީމް އެރުއްވުމަށް ޝަހީމް އެދިވަޑައިގެންނެވީ ކުރިން ދެއްކެވި ވާހަކަތަކަށް ތައުބާވެވަޑައިގަތުމަށް ކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި އެރޭގެ ޕްރޮގްރާމަށް ވަޑައިނުގެންނެވިއްޖެ ނަމަ، އެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވާ ދެއްވުމަށް ޝަހީމް ވަނީ ހުށަހަޅުއްވާފައެވެ.

މަރު ކޮމިޝަނަށް ޑރ. ޝަހީމް ދެއްވާފައިވާ މައުލޫމާތުގައިވާ ގޮތުން، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި މެސެޖެއްގައި، އަފްރާޝީމް ރުޖޫއަވެ، މީޑިއާގައި އިއުލާނު ކުރައްވައިފިނަމަ، މެސެޖު ފޮނުވި ބަޔަކު އަލުން އަނބުރާ އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ މެސެޖު ޝަހީމަށް ފޮނުވި ފަރާތެއް އޭނާ ހަނދުމަ ނެތް ކަމަށް ވިދާޅުވެފައިވެއެވެ.

މަރު ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ލިބިފައިވާ ހެކިތަކުން ޑރ. ޝަހީމް އެ ކޮމިޝަނަށް ދެއްވި މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަމަށް ނިންމާފައެވެ.

މީގެ އިތުރުން، މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނީ އަފްރާޝީމް އަހަވާރަ ކޮށްލުމަށްފަހު އޮކްޓޯބަރު ދެވަނަ ދުވަހު މާލެއިން ގަތަރަށް ފުރި ފްލައިޓުން 10 މީހުން ފުރި ކަމަށެވެ. އަދި އޭގެ ތެރެއިން ސީރިއާ އަދި ސޫދާނަށް ދިޔަމީހުންގެ ތެރޭގައި ޖާދުﷲ އިބްރާހިމް، މުހައްމަދު އިޝާން، އަބްދުﷲ ބަޝީރު، ފައުޒީ، އަހްމަދު ޔުސްރީ މުހައްމަދު ޝަރީފު، މުހައްމަދު ޝަފީގު، މުހައްމަދު ތަސްނީމް، އައިޝާ ނަހުލާ އަބްދުލްލަތީފް އަދިި އިބްރާހީމް ހުޝާމާއި މިފްޒަލް މުހައްމަދު ހިމެނެއެވެ. ރިޕޯޓުގައި ބުނީ މި އެންމެނަކީ ވެސް މަޒީދާއި ސާމިދުގެ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށްފައިވާ މީހުން ކަމަށެވެ. އެ ރިޕޯޓުގައި ބުނީ މާލެއިން ގަތަރަށް ދިޔަ ފްލައިޓުގައި ދެން ވަޑައިގެންނެވީ ޑރ. ޝަހީމް ކަމަށެވެ.

ނަމަވެސް މަރު ކޮމިޝަނުގެ މުޅި ރިޕޯޓުގައިވާ ވާހަކަތައް ޑރ. ޝަހީމް ވަނީ އިއްޔެ ދޮގުކުރައްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް