ads
ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ހަންޏާމީދޫގެ ބަނދަރު ދަނީ ފުންކުރަމުން، 12 އިންސައްތަ ނިމިއްޖެ
އދ. ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ރަށުގައި މިހާރު ހަދާފައިވާ ބަނދަރުގެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް އެ މަޝްރޫއު ހިންގުމާއި ހަވާލުވެފައިވާ އެމްޓީސީސީން ބުނެފިއެވެ.

ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ރަށުގައި މިހާރު ހަދާފައިވާ ބަނދަރުގެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށްވާ އިރު، އެ މަޝްރޫއުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ހަދާފައިވާ ބަނދަރުން 4،645 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 404 ކިއުބިކް މީޓަރުގެ އާ ނެރު ފުންކުރުމާއި، 193 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް އިތުރުން، 266 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި 32.2 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެ މަޝްރޫއު މޮބިލައިޒްކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް