ads
މުފްތީ މޭންކް----
ދީނީގޮތުން ތަފާތު ވިސްނުމުގެ މީހުންނާއެކު އުޅެން އެނގެންޖެހޭ: މުފްތީ މެންކް
ދީނީ ގޮތުން ތަފާތު ވިސްނުމުގެ މީހުންނާއެކު މުޖުތަމައުގެ ތެރޭގައި އުޅެން ދަސްކުރަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.
Advertisement

މީގެ ދެ އަހަރުކުރިން، 2018 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މުފްތީ މެންކް ވަނީ "އިޓްސް އޯލްމޮސްޓް ކްރިސްމަސްޓް އެގެއިން" ގެ ނަމުގައި ވީޑިއޯއެއް އާންމުކޮށް، ޗުއްޓީ ލިބުމުން، ގާތްތިމާގެ މީހުން އެއްތަންވެ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވެފަ އެވެ. 

މުފްތީ މެންކް ވަނީ އެހެން ދީންތަކާއި ސަގާފަތްތަކަށް އިހުތިރާމްކުރުމަކީ ގޯސްކަމެއް ކަމަށް އިސްލާމްދީނުގައި ނޯންނަ ކަަމަށާއި އަދި އެހެން ދީންތަކުގެ މީހުންނަށް ވެސް އިހުތިރާމުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުވުމަކީ ދީނުގައި ހިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ދުވަހުގެ ތަހުނިޔާ ފޮވުމާއެކު ގިނަ ދީނީ އިލްމުވެރިންތަކެއް އަންނަނީ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. 

ނަމަވެސް، ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ދުވަސް ފާހަގަކުރާ މީހުންނަށް އުފާވެރި ދުވަހަކަށް އެދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް، ރައީސް ނަޝީދަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވާފައެވެ. 

އީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކީރިތި ގުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަނުކުރާ އަދިމު ސްލިމުންގެ ގޯތި ގެ ދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި އަދުލުވެރިވުމަކީ މާތްﷲ ނަހީ ކުރައްވާފައިވާކަމެއް ނޫން ކަމަށެވެ.  

އެޑިޓަރުގެ ނޯޓް: 

މައުލޫމާތުގެ އޮޅުމެއްގެ ސަބަބުން މި ހަބަރު ވަނީ ރަނގަޅު ކުރެވިފަ އެވެ. ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން. 

54%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް