ads
ގއ. ވިލިގިނލީ ކައުންސިލް އާއި ރަށު ކައުންސިލްގެ މެންބަރުންނާއި ނައިބު ރައީސް ބައްދަލުކުރެއްވުން؛-- ފޮޓޯ ރައީސް އޮފީސް
ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާއެކު ތަރައްގީގެ ހަރުފަތްތައް ގިރާކުރުން: ނައިބު ރައީސް
ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްގީގެ ހަރުފަތްތައް ގިރާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ އެ އަތޮޅުގެ ތަރައްގީއާއި ކުރިއެރުމާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަތޮޅާއި ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށާއި ހާއްސަކޮށް ތައުލީމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު އެ ދާއިރާތަކުގެ ތަރައްގީއަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްގީ ހަރުފަތްތައް ގިރާކުރުން ކަމަށާއި އެތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. 

your imageގއ. ވިލިގިނލީ ކައުންސިލް އާއި ރަށު ކައުންސިލްގެ މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން؛-- ފޮޓޯ ރައީސް އޮފީސް

މި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލާއި ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުން ވަނީ އެކި ދާއިރާތަކުން އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ސިއްހީ ހިދުމަތްތައް ހޯދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާއި، ދަތުރުފަތުރުގެ ނިޒާމު ރޭވިފައިވާ ގޮތުން ކުރިމަތިވާ އުނދަގޫތަކާއި، ފެނާއި ނަރުދަމާ ފަދަ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ވެސް، ތައުލީމީ ދާއިރާއާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމާއި، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނާއި އަންހެނުންގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެ މީހުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް