ads
ވާހަކަ: ފަހަތުން ގެއަށް ވަތް ޖިންނި
ފަހަތުން ގެއަށް ވަތް ޖިންނި
ހަނދަކީ ރޭގަނޑުގެ ހަމަހިމޭން މާހައުލަށް އިތުރުކަމެށް ގެނެސްދޭ އެއްޗެކެވެ. ހިތްތަކަށް އުފާވެރިކަން ގެނެސްދީ ހިތްހަމަޖެހުން ގެނެސް ދޭ އެއްޗެކެވެ. ނަމަވެސް އަހަރެންނަށް އެ ފޮނި ތަޖުރިބާތަކަށް ވުރެ ބޮޑަށް ކުރެވުނީ ނާމާން ހިތި ތަޖުރިބާއެކެވެ.
Advertisement

އެއީ މީގެ އެއް އަހަރު ކުރީގެ ހާދިސާއެކެވެ. އަހަރެންނަށް ފެނުނު މަންޒަރުތަށް އަދިވެސް އަހަރެން ރަނގަޅަށް ހަދާން އެބަހުއްޓެވެ.

އަހަރެންނަކީ އަބަދުވެސް ވަޒީފާނިންމާލުމަށް ފަހު މާލޭ ތެރޭގައި ބުރުޖަހަންދާމީހެކެވެ. ހަލަބޮލި އޮފީސް މާހައުލުގައި ބުރަކޮށް އުޅުމަށްފަހު ހިންހަމަ ޖައްސާލަން ލިބޭ ވަގުތަކީ އެއީ ކަމުގައިވާތީއެވެ. ދަންވަރު ގަޑީގައި މަގުތަށް ހުސްކޮށް ހުރުމުގެ އިތުރުން އެ ޖެހޭ ފިނިވައިރޯޅިގެ ސަބަބުން އަހަރެންގެ މުޅި ހަށިގަނޑު ތާޒާވެގެންދެއެވެ.

އެރެޔަކީ ވެސް އަހަރެން ވައި ބުރެއް ޖަހާލަން ސައިކަލުގައި ނުކުތް ދުވަހެކެވެ. މަޖީދީ މަގުން އާޓިފިޝަލް ބީޗާއި ދިމާލުން ދުއްވާފައި ދިޔައިރު، ހަނދު ޖައްވުގައި ވިދާލަ ވިދާލަ ހުއްޓެވެ. 

މާލޭގެ ހަނިގޯޅިތަކުގައި އަހަރެން ދިޔައީ ބާރުބާރަށް ފަރިތަ ކަމާއެކު ސައިކަލު ދުއްވަމުންނެވެ. އެކިހިޔާލުތަކުގައި އަހަރެން ގެބެމުން ދިޔައެވެ.

މާލޭގެ އާސަހަރާއި ކުރިމަތިން ގޮސް ހުޅަނގަށް އޮތް މަގަށް އެޅީމެވެ.

ކުއްލިޔަކަށް އަހަރެންގެ ކުރިމަތިން އަންހެން ކުއްޖެށް ފެނިއްޖެއެވެ. ބާރަށް ބުރަކި ޖައްސާލީމެވެ. ސައިކަލު ކަހައިގެން ގޮސް އަހަރެން ވެއްޓުނެވެ. ނަސީބަކުން އަހަރެންނަށް އެހާ ބޮޑު އަނިޔާއެށް ނުވެއެވެ. ގައިފޮޅަމުން އަހަރެން ތެދުވެ އެ އަންހެން ކުއްޖާ ކޮބައިތޯ ހޯދާލީމެވެ. ނަމަވެސް އޭނާ ފެންނާކަށް ނެތެވެ.

އަހަރެންގެ ހިތް ކުޑަކޮށް ބިރުގަށްނަންފެށިއެވެ. ހަމަގއިމުވެސް އެ ކުއްޖާ އަހަރެންނަށް ފެނުނެވެ. އަހަރެންގެ ސައިކަލު ގޮސް އެ ކުއްޖާގެ ގައިގައި ޖެހުނުކަން ޔަގީނެވެ. 

އެ ފިކުރުގައި ހުރެ އަހަރެން ގޮސް ސައިކަލު ނެގީމެވެ. ނަސީބަކުން ސައިކަލަށް އެއްވެސް ގޮތެށްވެފަވެސް ނެތެވެ. ސައިކަލަށް އެރުމުގެ ކުރިން އަދި އެއްފަހަރު އެ ކުއްޖާ އުޅޭތޯ އަހަރެން މާހައުލަށް ނަޒަރު ހިންގާލީމެވެ. އެ ވަގުތު ވަރަށް ފިނި ވައިރޯޅިއެށް އަހަރެން ގައިގައި ބީހިލިއެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ.

އަހަރެން އަވަހަށް މިސްރާބުޖެހީ ގެޔަށް ދިޔުމަށެވެ. މި ދިމާވި ހާދިސާގެ ސަބަބުން މުޅިމީހާ ސަކަރާތް ވީއެވެ. ގެޔަށް ދާންވެގެން އަހަރެން އެޅީ މަޖީދީ މަގަށެވެ. އޭރު އަހަރެންގެ ބުރަކަށްޓަށް ކިޔާދޭން ނޭންގޭ ކަލަހަ ހޫނެއް ވަމުން ދިޔައެވެ. ހީވަނީ މީހަކު ފަހަތުގައި ބައްދައިގެން ހުރިހެންނެވެ.

އިރުކޮޅެށްނުވެ މޫސުން ބަދަލްވާން ފެށިއެވެ. ބަބުލަމުން ދިޔަ ހަނދު އެއްކޮށް ފޮރުވިގެން ދިޔައީ ކަޅު ވިލާތުންނެވެ. ވާރޭ ވެހެން ފެށިއެވެ. އޭރު އަހަރެންނަށް ހުރެވުނީ ގެޔާ ވަރަށް ކައިރިގައެވެ. ނަމަވެސް ބޯވާރޭގެ ސަބަބުން އަހަރެން އެއްކޮށް ތެމުނެވެ.

އަވަސް އަވަހަށް ގެޔަށް ވަދެ އަހަރެން އެއްޗިހި ބަދަލް ކުރީމެވެ. އަހަރެންގެ ގަމީހުގެ ފަހަތް ނުތެމޭކަން އަހަރެންނަށް ފާހަގަ ވިއެވެ. މާ ބޮޑުކަމަކަށް ނަހަދާ އަހަރެން ފެންވަރައިގެން އައިސް ރީތިވެފލަން ލޯގަނޑު ކުރިމަތީގައި ހުއްޓުނީމެވެ. އޭރު އަހަރެންގެ ފަހަތުން އަންހެން ކުއްޖެށް ހުރީ އަހަރެންގެ ބުރަކަށީގައި ބައްދައިގަނެގެންނެވެ.

އަޑުގެ ނެތްތަނަށް އަހަރެން ހަޅޭލަވަން ފެށިމެވެ. ގޭގައި ދިރިއުޅޭ މީހުން އަވަހަށް އައިސް ކިހިނެތް ވީތޯ ސުވާލު ކުރިއެވެ. އަހަރެން އަވަހަށް ކިޔާދިނީމެވެ. މަންމަ ބޮޑުބޭބެއަށް ގުޅިއެވެ. އަދި ވެގެން އުޅޭގޮތް ކިޔާދިނުމަށްފަހު އަވަހަށް އައުމަށް އެދުނެވެ. 

ބޮޑުބެޔަކީ ފަންޑިތަ ކަންކަ ވަރަށް މޮޅަށް ދަށްނަ މީހެކެވެ. ބޮޑުބެ އައިސް އަހަރެންނަށް ފެން ކިޔަވާފައި ތަވީދެށް އަޅަން ދިނެވެ. އަދި ދަންވަރުގަޑީގައި އެހެން ދުއްވަން ނުދިޔުމަށްވެސް ނަސޭހަތް ތެރިވިއެވެ. އޭގެ ފަހުން އަހަރެން ދަންވަރު ދުވަހަކުވެސް ދުއްވާކަށް ނުދަމެވެ. އަދި އަބަދުވެސް އެތަވީދު އަޅައިގެން އުޅެމެވެ.

31%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް