ads
ޓައިގާ--
ޓައިގާ ޝްރޮފްގެ ވީޑިއޯއެއް ފެނި ފޭނުން މޮޔަވަނީ
އާ އަހަރާ ދިމާކޮށް ބޮލީވުޑުގެ އެކްޓަރު ޓައިގާ ޝްރޮފް ވަނީ މުމްބާއީ ދޫކޮށް ޗުއްޓީ ހޭދަކުރުމަށް ނިއުޔޯކަށް ފުރާފަ އެވެ. ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯ އާއި ވީޑިއޯ އޭނާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މިދިޔަ މަހު އޭނާ ރާއްޖޭގައި ހޭދަކުރި ޗުއްޓީއަށް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައިރު، މި ފަހަރުގެ ޗުއްޓީ ވެސް ފޭނުން ދަނީ ގާތުން ބަލަމުންނެވެ. 

މި ފަހަރު ޗުއްޓީގައި ނިއުޔޯކަށް ދިޔަ ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުގައި ޓައިގާ އުޅެމުން ދަނީ ގޮނޑުދޮށެއް ކައިރީގަ އެވެ. 

އެންމެ ފަހުން އޭނާ އާއްމުކުރި ވީޑިއޯއިން ފެންނަނީ ގޮނޑުދޮށުގައި ދުވަމުންދާ މަންޒަރެވެ. ހުސްގަޔާ ސޯޓެއް ލައިގެން ސްލޯ މޯޝަނުގައި ދުވާ އެ ވީޑިއޯ ފެނި ފޭނުން ވަނީ މޮޔަވެފަ އެވެ. 

އެ ވީޑިއޯއަށް ފޭނުން ގިނަ ކޮމެންޓުތަކެއް ކުރަމުން ދާއިރު، ޓައިގާ ކުރި އިތުރު ޕޯސްޓެއްގައި ބުނެފައި ވަނީ އާ އަހަރުގެ ރިޒޮލިއުޝަންތަކާ މެދު ވިސްނަމުންދާ ކަމަށެވެ. 

އާ އަހަރާ ދިމާކޮށް ޓައިގާ މިހާރު ޗުއްޓީގައި ހުރިއިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ޝްރައްދާ ކަޕޫރާއެކު "ބާގީ 3" އިންނެވެ. 

ކުރިއަށް އޮތީ ތާރާ ސުތާރިއާ އާއެކު "ހީރޯޕަންތީ 2" އަދި ވިކާސް ބާލް އުފައްދާ "ގަނަޕަތް 2" އިންނެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް