ads
އާރަދިޔާގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިން--
އާރަދިޔާގެ އަށްވަނަ އުފަން ދުވަސް ފާހަގަކުރަން ބޮޑު ޕާޓީއެއް!
އައިޝްވާރިޔާ އާއި އަބީޝޭކް ބަޗަންގެ ދަރިފުޅު، އާރަދިޔާ ބަޗަންގެ އަށްވަނަ އުފަން ދުވަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، ބޮލީވުޑުގެ ގިނަ ފަންނާނުން އެމީހުންގެ ދަރިންނާއެކު އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވެއްޖެ އެވެ.
އައިޝްވާރިޔާ އާއި އަބީޝޭކް ބަޗަންގެ ދަރިފުޅު، އާރަދިޔާ ބަޗަންގެ އަށްވަނަ އުފަން ދުވަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، ބޮލީވުޑުގެ ގިނަ ފަންނާނުން އެމީހުންގެ ދަރިންނާއެކު އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވެއްޖެ އެވެ.

އެ ޕާޓީގެ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ބަޗަން އާއިލާގެ އެންމެ ހަގު މެމްބަރު، އާރަދިޔާގެ އުފަން ދުވަހުގައި ކޮންމެ އަހަރަކު ވެސް ހާއްސަ ޕާޓީއެއް ބާއްވަ އެވެ.

މަޑު ފިޔާތޮށި ކުލައިގެ ފުއްޕި ހެދުމެއް ލައިގެން ހުރި އާރަދިޔާ ވަނީ ބަޗަން އާއިލާ މުމްބާއީގައި ދިރިއުޅޭ ގޭގައި ޕާޓީއަށް އައި މެހެމާނުންނާއެކު ފޮޓޯ ނަގާފަ އެވެ.

އެ ޕާޓީއަށް ދިޔަ ފަންނާނުންގެ ތެރޭގައި ޝާހް ރުކް ހާނާއި، އޭނާގެ އަންހެނުން ގޯރީ ހާން އަދި އެންމެ ހަގު ދަރިފުޅު އަބްރަމް ހިމެނެ އެވެ.

އޭގެ އިތުރުން އެކްޓަރު ރިތޭޝް ދޭޝްމުކް ވެސް ވަނީ އޭނާގެ އަންހެނުން ޖެނެލީއާ އާއި އެ ދެމީހުންގެ ކުދިން ގޮވައިގެން ޕާޓީއަށް ގޮސްފަ އެވެ.

ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު ވެސް ޕާޓީއަށް ދިޔަ އެވެ. އޭނާއާއެކު އޭނާގެ އެއް މާބަނޑު ދެ ކުދިން ރޫހީ އާއި ޔާޝް ވެސް ދިޔަ އެވެ.



ކޮންމެ އަހަރަކު ވެސް އާރަދިޔާގެ އުފަން ދުވަހުގެ ޕާޓީ ބާއްވަނީ ވަކި ތީމަކަށެވެ. އެގޮތުން މިއަހަރު ޕާޓީ އޮޓީ "ނިއޯން" ތީމަކަށެވެ. އެ ޕާޓީގައި އާރަދްޔާ ފަޅާފައި ވަނީ ޔުނިކޯން ކޭކެކެވެ.

އާރަދިޔާ އުފަން ވެފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭނާގެ މަންމަ އާއި ބައްޕަ، އައިޝްވާރްޔާ އަދި އަބީޝޭކް ކައިވެނު ކުރީ 2007 ގައެވެ.

ދާދި ފަހުން އައިޝްވާރިޔާގެ 46 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް އެ ސެލެބްރިޓީ އާއިލާއިން ވަނީ އިޓަލީގައި ބޮޑު ޗުއްޓީއެއް ހޭދަކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް