ads
ފަސްމީރު
ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ އަގު ހެޔޮކޮށްފި!
މިފްކޯއިން ވިއްކާ ފަސްމީރު ބްރޭންޑް ގެ މަސްދަޅުގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ގެނައި ބަދަލާއިއެކު ކުރިން 640 އަށް ވިއްކާ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބޭނީ 575 ރުފިޔާއަށެވެ. އަދި ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު ލިބޭނީ 12.25 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ ކުރިން 595 ރުފިޔާއަށް ވިއްކި ފެން މަސްދަޅު ކޭހެއް މިހާރު ލިބޭނީ 530 ރުފިޔާއަށެވެ. އަދި ކުރިން ވަކިން 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފައިވަނީ މަސްވެރިންގެ އަތުން މަސްގަތުމަށް ގެނައި ބަދަލުގެ ސަބަބުންކަމަށެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ރައްޔިތުންނާއި ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށެވެ. މިފްކޯގެ މަސްދަޅަކީ އަބަދުވެސް ޑިމާންޑް ބޮޑު އުފެއްދުމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް