ސްރީލަންކާގައި އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ގޮޓަބޭ ރާޖަޕަކްސަ ކުރި ހޯއްދަވައިފި އެވެ.

Advertisement
ސްރީލަންކާގައި އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ގޮޓަބޭ ރާޖަޕަކްސަ ކުރި ހޯއްދަވައިފި އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ގޮޓަބޭ ވަނީ ކާމިޔާބު އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ގޮޓަބޭ އަށް 52.87 އިންސައްތަ ވޯޓު ލިބިވަޑައިގެންފައި ވާއިރު، ސަޖީދު ޕްރޭމަދާސަ އަށް ލިބިވަޑައިގެންނެވީ 39.67 އިންސައްތަ އެވެ.
ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، ގޮޓަބޭ އަކީ އެ އިންތިހާބުގެ މައި އިދިކޮޅު ކެންޑިޑޭޓެވެ. އަދި ސަޖީތަކީ މިހާރުގެ ސަރުކާރުގެ ހައުސިން މިނިސްޓަރެވެ.
އޭގެ އިތުރުން ވައަތު ފިޔައިގެ ކެންޑިޑޭޓް އަނޫރާ ކުމާރާ ދިއްސަނަޔެކެ އަށް ލިބިވަޑައިގެންނެވީ 4.96 އިންސައްތަ އެވެ. އެ ތިން ކެންޑިޑޭޓުންގެ އިތުރުން 32 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޗެއާމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވެފައި ވަނީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލ؛ިބިފައިވާ 80 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ.
އިއްޔެ ވޯޓުލުން ކުރިއަށް ދިޔައިރު، އެކިވަރުގެ ހަމަނުޖެހުންތައް ހިނގި އެވެ. އޭގެ އިތުރުން އިންތިހާބުގެ ބައެއް އޮފިޝަލުން ކާނާ ވިހަވެގެން ފަރުވާ ވެސް ދޭން ޖެހުނެވެ.