ads
ވިލިނގިލި ފެރީ ޓާމިނަލުގެ އިރުމަތިން ތަރައްގީ ކޮށްފައިވާ ރާވެރިބޭ ކޮއްތުވެނި--- ފޮޓޯ: މޯލްޑިވްސް ޓުޑޭ
ފުޑް ކޯޓުގެ ބައެއް ގޮޅިތައް ބީލަމަށް ހުޅުވާލައިފި
އެސްޓީއޯ އިން މާލޭގެ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ "ރާވެރިބޭ ކޮއްތުވެނި" ހާބާ ފުޑް ކޯޓުގެ ގޮޅިތަކުގެ ތެރެއިން ބައެއް ގޮޅިތައް އަލުން ބީލަމަށް ލައިފި އެވެ.
Advertisement

ރާވެރިބޭ ކޮއްތުވެނި ފުޑް ކޯޓުގެ ގޮޅިތަކުގެ ތެރެއިން 14 ގޮޅި ބީލަމަށް ލާފައިވާ އިރު، އެ ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެސްޓީއޯ އިން ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ފުޑް ކޯޓުގެ އެތެރޭގެ ހާލަތާއި ގޮޅިތައް ބަލައިލަން އެސްޓީއޯ އިން ފުރުސަތު ހުޅުވާލާފައިވާ އިރު، އެފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނީ މި މަހުގެ ހަތްވަނަ ދުވަހާއި ދިހަވަނަ ދުވަހުގެ މެންދުރު 2:00 އިން 3:00 އަށެވެ.

ފުޑް ކޯޓުގެ ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކުރެވޭނެ އެވެ. މި މަހުގެ 14 ވަނަ ދުވަހުގައި އެސްޓީއޯގެ މައި އިދާރާގެ ރިސެޕްޝަނުން ފޯމުތައް ބަލައިގަންނަން ފަށާނެ އެވެ.

މިހާރު ފުޑް ކޯޓުގެ ގިނަ ގޮޅިތައް ހުހަށް ހުރިއިރު، ގިނަ ވިޔަފާރިތަކުން ވަނީ ކުލި ބޮޑުވުމާއި، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިއަށް ކޮށްފައިވާ އަސަރުތަކާއި ހެދި ގޮޅިތައް ހުސްކޮށް ދޫކޮށްލައިފަ އެވެ.

ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 60،000 ރުފިޔާ އާއި 80،000 ރުފިޔާ އާއި ދެމެދުގެ އަގެއް ފުޑް ކޯޓުގައި ވިޔަފާރި ހިންގާ ފަރާތްތަކުން ދައްކަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް