ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހަމަދު މުސްތަފާ: ---
ވަގުންގެ ހާއްޔަކަށް މިގައުމު ވެ ނިމިއްޖެ: މުސްތަފާ
Share
ދިވެހި ރާއްޖެ ވަގުންގެ ހާއްޔަކަށްވެ ނިމިއްޖެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
Advertisement

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ، އެމްއޭސީއެލްގެ ތެރޭގައި ހިނގާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ވާހަކަތަކެއް ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން މުސްތަފާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް އިތުރުވެ، މަހުޖަނުން އިންތިހާއަށް ގިނަވުމާއި އެކު އެމްއޭސީއެލްގެ ސީއައިޕީ ލައުންޖުން އިންތިހާއަށް ވައްކަން ކުރައްކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން އެމްއޭސީއެލްގެ ސީއައިޕީ ލައުންޖް އަށް ރިކުއެސްޓުކުރާ ޓްރެވަލް އޭޖެންސީތަކަށް ޖާގަ ވިއްކަމުންދަނީ ބޮލަކަށް އެއްހާސް ޑޮލަރު، އެމްއޭސީއެލްގެ ވެރިންނަށް ދިނުމުން ކަމަށް ތުހުމަތު ކުރައްވައި މުސްތަފާ ވިދާޅުވީ، ރާއްޖެ އަންނަ މަހުޖަނުންގެ ޕްރައިވެޓް ޖެޓު ތަކަށް ޕާކިން ސްލޮޓުން ނުވަތަ ލޭންޑިން ޕާމިޓުންވެސް ވައްކަން ކުރާކަމަށެވެ. 

އަދި ސިވިލް އޭވިއޭޝަން އާއި އެމްއޭސީއެލްއިން ޖާގަ ދެނީ އެންމެ ބޮޑު ކޮމިޝަނެއް ދޭން އެއްބަސްވާ ކޮމްޕެނީ ތަކަށް ކަމަށާއި، ޖެޓް ހޭންޑްލް ކުރާ ކުންފުނިތަކަށް ގޮތްހުސްވެއްޖެކަމަށް މުސްތަފާ ވިދާޅުވިއެވެ. 

މުސްތަފާ އިތުރަށް ވިދާޅުވީ ގައުމުގައި އޮތީ މުޅިން ވައްކަން ކަމަށާއި، ވައްކަން ކުރުން ނޫންކަމެއް މިސަރުކާރުން ނުކުރާ ކަމަށެވެ. 

"އަންބާ ކިޔާފަ ވައްކަން؛ ފީސަބީލިއްލާހި ކިޔާފަ ވައްކަން، ޖެހުނު ދިމާއަކުން ޖެހުނު ތަނަކުން ވައްކަން، ވަގުން ހިފަން ތިބީވެސް ވަގުން، މިއީ ސަރުކާރެއްތަ؟ ނޫންނަމަ ބަލާވެރިކަމެއްތަ؟" މުސްތަފާ ވިދާޅުވިއެވެ. 
80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް