ads
ފުޅަދޫ---
ފުޅަދޫ އާ އިންޖީނުގެ ފެބްރުއަރީ މަހު ހުޅުވަނީ
ބ. ފުޅަދޫގެ އާ އިންޖީނުގެ މި އަހަރުގެ ފެބްރުއަރީ މަހު ހުޅުވޭނެ ކަމަށް ފުޅަދޫ ފެނަކަ އޮފީހުން ބުނެފި އެވެ.
Advertisement

ބ.ފުޅަދޫގައި އަލަށް ހެދި އިންޖީނުގޭގެ އިމާރާތުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި ކަމަށާއި އިންޖީނުގެ ނުހުޅުވި ލަސްވަމުން ދަނީ ރަށުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކޭބަލް ނެޓްވާކް އަލުން އަޅަން ޖެހޭތީ އާއި އާ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. 

އަލަށް ހެދި އިންޖިނުގޭގައި މިހާރު ކުރިއަށް ދަނީ ރޭޑިއޭޓަރުތައް ހަރުކުރުމުގެ މަސައްކަތާއި ޕެނަލް ބޯޑު އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކަމަށް ފެނަކަ ފުޅަދޫ އޮފީހުން ބުނެ އެވެ.

މިހާރު އެ ރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރަނީ 160 އާއި 128 އާއި 80 ކިލޯވޮޓުގެ ތިން ޖަނަރޭޓަރެއް ކަމަށާއި އާ އިންޖީނުގެ ހުޅުވާނީ 250 ކިލޯ ވޮޓުގެ އާ އިންޖީނަކާ އެކު ކަމަށް ފެނަކަ ފުޅަދޫ އޮފީހުން ބުނެ އެވެ. 

ފުޅަދޫ ފެނަކަ އޮފީހުން ބުނީ މި ވަގުތު އެ ރަށުގައި ކަރަންޓު ބޭނުން ކުރާ އަދަދު މަދުވި ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވުމުން އިންޖީނުތަކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެ ދިމާވެދާނެ ކަރަންޓް ކެނޑުން ފަދަ ކަންތައްތަކަށް އާ އިންޖީނުގެއާ އެކު ހައްލު ލިބިގެން ދާ ނެކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ އާ އިންޖީނުގޭގައި އިންޖީން ރޫމަކާއެކު ޕެނަލް ރޫމެއްގެ އިތުރުން އޮފީސް ބައެއް ވެސް ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް