ads
ޓާކިޝް އެއާލައިންސްގެ ފްލައިޓެއް ވީއައިއޭގައި--- ފޮޓޯ: ޓީޓީއެމް
ޓާކިޝް އެއާލައިންސްއިން ކުރާ ދަތުރުތައް އިތުރުކޮށްފި
ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ތުރުކީގެ އިސްތަންބޫލާ ދެމެދު ކޮންމެ ހަފްތާއަކު ދެ ދަތުރު ޓާކިޝް އެއާލައިންސް އިން އަންނަނީ ބާއްވަމުންނެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުން ވަނީ ރާއްޖެއަށް ދުވާލަކު ދަތުރެއް ބާއްވަން ނިންމައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓާކިޝް އެއާލައިންސްއިން ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެ އެއާލައިނުން ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު އެ އެއާލައިނުން ހާއްސަ ޕެސެންޖާ ފްލައިޓެއް ރާއްޖެއަށް ބާއްވާފައިވެ އެވެ.

ޓާކިޝް އެއާލައިންސްއިން ވަނީ ކޮވިޑް-19 ގެ ލޮކްޑައުން ދުވަސްވަރުގައި ރާއްޖެއަށް ކާގޯ ދަތުރުތަކެއް ވެސް ބާއްވައިފަ އެވެ. އެ ދަތުރުތަކުގައި ރާއްޖެއިން މަސް ބޭރުކޮށްފައިވާ އިރު، ރާއްޖެއަށް ސިއްހީ ސާމާނު ވެސް ވަނީ އެތެރެކޮށްފަ އެވެ.

ޓާކިޝް އެއާލައިންސްއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2012 ވަނަ އަހަރުގަ އެވެ.

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ އެންމެ ހައި ސީޒަނަށް ވުމުން ރާއްޖެއަށް އެއާލައިންތަކުން ބާއްވާ ދަތުރުތަކަށް އޮންނަ ޑިމާންޑް ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް