ads
ލަންދޫ ކުޅިދޮށުޕާކު-- ފޮޓޯ: ލަންދޫ ކުޅިދޮށުޕާކު/ ފޭސްބުކް
ލަންދޫ ކުޅިދޮށުޕާކަށް ގިނަ ބައެއްގެ މަގުބޫލުކަން
ނ. ލަންދޫ ކުޅިދޮށުޕާކަށް ގިނަ ބައެއްގެ ތަރުހީބާ މަގުބޫލުކަން މިހާތަނަށް ލިބިފައިވާ ކަމަށް ޕާކު ހެދުމުގައި ޒުވާނުންގެ ތެރެއިން އެންމެ އިސްކޮށް އުޅުނު އަހުމަދު ރަޝީދު ބުނެފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެމުން ރަޝިދު ބުނީ އެ ޕާކުގެ މަސައްކަތް ނިމިފައިވަނީ ދެމަސް ދުވަހުން ކަމަށާއި އެ މަޝްރޫއުގެ އިސް މޭސްތިރީންނަކީ ލަންދޫ ޒުވާނުން ކަމަށެވެ.

މީގެ އިތުރުން އެ ތަން ތަރައްގީ ކުރުމަށް މުޅި ރަށުގެ އެއްބާރުލުން ލިބުނު ކަމަށާއި މިހާރު މި ޕާކް ހުޅުވުނުތާ ހަ ދުވަސް ވެފައިވާއިރު ރަށުން އަދި ރަށުން ބޭރުން 2000 އަށް ވުރެ ގިނަ މީހުން އެތަނަށް ވަނީ ޒިޔާރަތް ކޮއްފައި ކަމަށް ވެސް ރަޝީދު ބުންޏެވެ. 

އެ މަސައްކަތް ފެށީ ބަޖެޓެއް ނެތި ކަމުގައި ވީ ނަމަވެސް މިހާރު އެތަން ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށް ނިމިފައި ކަމަށާއި މިހާރު އެ ސަރަހައްދުގައި ރެސްޓޯރެންޓެއް އެޅުމުގެ މަޝްވަރާ ރަށުގެ ކައުންސިލްއާ އެކު ކުރަމުންގެންދާ ކަމަށް ވެސް ރަޝީދު ބުންޏެވެ.

your imageލަންދޫ ކުޅިދޮށުޕާކު-- ފޮޓޯ: ލަންދޫ ކުޅިދޮށުޕާކު/ ފޭސްބުކް

ލަންދޫ ކުޅިދޮށުޕާކު ހުޅުވާފައިވަނީ މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގަ އެވެ. މިތަނަކީ އެ ރަށު ޗަކަ ބިމުގައި ގޮނޑުދޮށާ ދިމާލުން އެ ރަށު މީހުން "ބަތްޕެން ކިލާގަނޑު" ކިޔާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތަނެކެވެ. 

މި ޕާކު ވަަށައިގެން ވަނީ ފެހި ގަސްތަކާއި ގުދުރަތީ ރީތި ކަމެވެ. މި ތަން ތަރައްގީ ކޮށްފައިވަނީ ތިން ފާލަމެއް ހިމެނޭހެން ތިން ފާލަމުގައި ވެސް ތިން ތަފާތު ބުރު ހިމެނޭ ގޮތަށެވެ. އެއީ އުނދޯލިވަތި، ފަހިވެނި އަދި ފަހި ބުރެވެ.

your imageލަންދޫ ކުޅިދޮށުޕާކު-- ފޮޓޯ: ލަންދޫ ކުޅިދޮށުޕާކު/ ފޭސްބުކް

މިތަނަކީ މީހުން ދިރިއުޅޭ ސަރަހައްދާ 1200 ފޫޓް ދުރުގައި ތިމާވެއްޓާ ރައްޓެހި ގޮތަށް ހަދާފައިވާ ދިވެހިވަންތަ ތަނެކެވެ.

91%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް