ads
އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު--
ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހު ކުރަނީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، މިދިޔަ އަހަރު އެކުލަވާލި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

އެގޮތުން ކަމާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށާއި، އަދި ވީހާވެސް އަވަހަށް އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ މާޗު ހަވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަކާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.  

އެގޮތުން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން، މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.  

ނަމަވެސް އީސީން ވެސް ވަނީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް