
އޭގައި ފެނިގެންދަނީ ރޯހަންޕްރީތު އޭނާ އާއި ނެހާ ދިމާވި ފުރަތަމަ ދުވަހުގެ ވާހަކަތަކެއް ހިއްސާކުރާ މަންޒަރެވެ. އެގޮތުން ބުނީ ކޮޓަރިއަށް ވަތް ވަގުތު ނެހާ، އޭނާއާ ދިމާލަށް ބަލާލި ގޮތް އަދިވެސް ހަނދާނުގައި އެބަ ހުރި ކަމަށާއި އެއީ އޭނާގެ ހަޔާތް ބަދަލުކޮށްލި ވަގުތުކޮޅު ކަމަށެވެ.
އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު އިންޑިއަން އައިޑަލްގެ ޖަޖުން ކަމަށްވާ ވިޝާލް ދަޅްލާނީ އާއި ހިމާޝް ރެޝަމިއްޔާ ހެވިފައި ވާހަކަ އަޑުއަހަން ތިއްބެވެ.
ރޯހަން ވަނީ ނެހާގެ ސަބަބުން އޭނާއަށް ވެސް އެތައް ފުރުސަތެއް ލިބެމުންދާކަން ފާހަގަކޮށްފަ އެވެ.
ނެހާ ބުނީ އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް ރޯހަންއަކީ ހަޔާތުގެ ބައިވެރިއަކަށް އެންމެ ރަނގަޅު މީހާކަން އެނގުން ކަމަށެވެ. އެގޮތުން އޭނާގެ ރީތިކަމާއި އަހުލާގު ރަނގަޅުކަމުން ހިތްޖެހުނީ ކަމަށް ބުނެ އެވެ.
ނެހާ އާއި ރޯހަން ކައިވެނިކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ކައިވެނީގެ ފަހުން ނެހާ އާއި އޭނާގެ ފިރިމީހާއަށް ގިނަ ބައެއްގެ ސަމާލުކަން ވެސް އަންނަނީ ލިބެމުންނެވެ.