މަރްޖާވާން ބެލުމަށްފަހު ޖެނީލިއާ ޑިސޫޒްގެ ތައުރީފު އޭނާގެ ފިރިމީހާ ރިތޭޝް ދޭޝްމުކަށް ކޮށްފިއެވެ.

Advertisement
މަރްޖާވާން ބެލުމަށްފަހު ޖެނީލިއާ ޑިސޫޒްގެ ތައުރީފު އޭނާގެ ފިރިމީހާ ރިތޭޝް ދޭޝްމުކަށް ކޮށްފިއެވެ.
މަރްޖާވާން ނެރެފައިވަނީ އިއްޔެއެވެ. ފިލްމު ބެލުމަށްފަހު ފިލްމުގައި ނެގަޓިވް ރޯލުން ފެނިގެންދާ ރިތޭޝް އަށްއޭނާގެ އަންހެނުން ތައުރީފުކޮށްފައިވާއިރު ޖެނީލިއާ ބުނީ އެފިލްމު ވަރަށް ރީތި ކަމަށެވެ.
އޭގެ އިތުރުން ޖެނީލިއާ ވަނީ ރިތޭޝް ކައިރި އެގޮތަކަށް އެކްޓުކުރަން ދަސްކޮށްދިނުމަށް އެދިފައެވެ. އަދި ކޮންމެ ޖޯންރާއެއްގެ ފިލްމެއް ވެސް އެހާ ކުޅަދާނަކޯށް ކުޅެނީ ކިހިނެއްތޯ ސުވާލުކުރި އެވެ.
މަރްޖާވާންގައި ލީޑު ރޯލުން ފެނިގެންދާނީ ސިދާތު މަލްހޯތުރާ އާއި ތާރާ ސުތަރިއާ އެވެ. ފިލްމު ބެލުމަށްފަހު ގިނަ ބައެއްގެ ފަރާތުން ޕޮސިޓީވް ކޮމެންޓު ލިބިފައިވާއިރު މިއީ މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
ރިތޭޝް ވަނީ ޖެނީލިއާ އެކު ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ ތެރެ ނާލް ލަވް ހޯގަޔާ، މަސްތީ، ލައި ބާރީ، ތުޖޭ މެރީ ކަސަމް ހިމެނެއެވެ.
އުމުރުން 39 އަހަރުގެ ރިތޭޝް އާއި 31 އަހަރުގެ ޖެނީލިއާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އެދެމީހުންނަށް މިހާރު ވަނީ ދެކުދިން ލިބިފައެވެ.