ads
ޕަރިނީތި---
ޕަރިނީތިއަށް އަނިޔާވެއްޖެ
އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގެ މަސައްކަތްތަކުގެ ތެރެއިން ބަތަލާ ޕަރިނީތީ ޗޯޕްރާ އަނިޔާ ވެއްޖެއެވެ.
Advertisement
އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގެ މަސައްކަތްތަކުގެ ތެރެއިން ބަތަލާ ޕަރިނީތީ ޗޯޕްރާ އަނިޔާ ވެއްޖެއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ޕަރިނީތި ހިއްސާކޮށްފައިވާ ފޮޓޯއިން އޭނާ ފެނިގެންދަނީ ކޮނޑުމަތީގައި ބޭސްއަޅާފައި އިން މަންޒަރެވެ. އަދި އެއީ ފިލްމުގެ މަސައްކަތްތަކުގެ ތެރެއިން އޭނާއަށް ލިބިފައި ކަމަށާއި ބެޑްމިންޓެއް އަލުން ކުޅުމުގެ ކުރިން އަރާމު ކުރެވޭ ވަރަކަށް އަރާމު ކުރާނެ ކަމަށް ވެސް ޕަރިނީތި ވަނީ ބުނެފައެވެ.


ފުރަތަމަ ސައިނާގެ ރޯލަށް ނެގީ ޝްރައްދާ ކަޕޫރު ނަމަވެސް އޭނާ މާބޮޑަށް ބިޒީވެ ފިލްމުގައި މަސައްކަތް ކުރަން ވަގުތު ނުދެވުމުން ވަނީ ފިލްމު ދޫކޮށްލާފަ އެވެ. އެގޮތުން ފިލްމު ދޫކޮށްލިއިރު އޭނާ ވަނީ ސައިނާގެ ގާތުން ބެޑްމިންޓަން ކުޅެން ވެސް ދަސްކޮށް ޓްރެއިނިންތަކެއް ވެސް ހަދާފަ އެވެ.

އުމުރުން 28 އަހަރުގެ ސައިނާ ވަނީ ބެޑްމިންޓަން ތަފާތު މުބާރާތްތަކުގައި ބައިވެރިވެ ބައިނަލް އަގްވާމީ 23 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކްސް ގޭމްސްގައި ތިން ފަހަރު އިންޑިއާ ތަމްސީލުކޮށްފައިވާ ސައިނާއަށް ވަނީ އެމުބާރާތުގައި އޭނާ ބައިވެރިވި ދެވަނަ ފަހަރު ބްރޯންޑް މެޑަލްއެއް ވެސް ހޯދާފައެވެ. އެއާއެކު އޭނާ ވަނީ އޮލިމްޕިކްގައި ބައިވެރިވެ ބެޑްމިންޓަން އިން މެޑަލްއެއް ހޯދި ފުރަތަމަ އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާއަށް ވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް