މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސުކޫލުތައް ހުޅުވގެން ދިޔުމަކީ ވަރަށް ވެސް އުފާވެރި ހަބަރެއް ކަމަށާއި ދަރިވަރަކަށް ސުކޫލުން މަދުވާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލުން ވެސް އުނިވެގެންދާނެ ދުވަހެއް ކަމަށެވެ.
އެހެންކަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސަރުކާރުން ސުކޫލުތައް ހުޅުވުމަށް ނެގި ފިޔަވަޅަށް ތައުރީފު ކުރާ ކަމަށާއި މި ނިންމުމުގެ ސަބަބުން ގައުމުގެ މުސްތަގުބަލު ހަމައަކަށް އެޅިގެންދާނެ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާއިރު ކުރިއަށް ގެންދާނީ މިދިޔަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުމެވެ. އެއީ ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުނަށް ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފަ އެވެ.
މާލޭ ސަރަހައްދުގެ ސްކޫލުތައް ހިމެނޭ ގޮތަށް ސްކޫލުތައް ހުޅުވަން އެޑިއުކޭޝަނުން ތައްޔާރުވަމުން އަންނައިރު އަދިވެސް ކޮވިޑްގެ ކޭސްތައް މާލޭ ސަރަހައްދުން ދަނީ ފެންނަމުންނެވެ.