ads
އައި ލީގުގެ ޓްރޮފީ
މުޅިން އާ ފޯމެޓަކަށް އިންޑިޔާގެ އައިލީގު ފަށައިފި
ކޮވިޑާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއި އެކު، މުޅިން އާ ފޯމެޓަކަށް އިންޑިޔާގެ އައި- ލީގުގެ ކުޅުން މިއަދު ފަށައިފިއެވެ. ޗެމްޕިއަންކަން ހޯދާ ބަޔަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭ އައިލީގުގައި މި ފަހަރު ވާދަކުރަނީ އެގާރަ ޓީމެވެ.
Advertisement

އައިލީގު މިއަދު ފަށައި، މިއަދު ދެ މެޗު ކުޅުނެވެ. މިއަދުގެ އެއް މެޗަކީ އިންޑިޔާގެ ކުރީގެ ގަދަ ބާރެއް ކަމަށްވާ މޮހައްމަދާން އެސްސީ އާއި މުޅިން އަލަށް ލީގުގައި ވާދަކުރާ ސުދޭވާ ޑެއްލީ އެފްސީގެ މެޗެވެ. މި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ މޮހައްމަދާންއެވެ. ސަތޭކަ ތިރީސް އަހަރު ވެފައިވާ މޮހައްމަދާން އަލުން އެނބުރި އައި ލީގަށް މިއައީ ހަ ސީޒަންގެ މެދުކެނޑުމަކަށް ފަހުއެވެ.

މި އަހަރުގެ އައިލީގު ފުޓްބޯޅަ މުބާރާތް އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވަނީ މުޅިން އާ ފޯމެޓަކަށެވެ. ލީގުގެ ފުރަތަމަ ބުރުގައި އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމު، ދެވަނަ ބުރުގައި ވާދަކުރާނީ ވަކިންނެވެ. ފުރަތަމަ ބުރު ނުވަތަ ފުރަތަމަ ފޭސްގައި އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް ކުޅުމަށް ފަހު ދެވަނަ ފޭސްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ހަ ޓީމު ގްރޫޕް އޭގެ ގޮތުގައި ވަކިން ވާދަކުރާއިރު ލީގުގެ ފުލަށްދާ ފަސް ޓީމު ވާދަކުރާނީ ގްރޫޕު ބީގެ ގޮތުގައި ވަކިންނެވެ.

ދެވަނަ ފޭސްގައި ގްރޫޕް އޭގެ ޓީމުތައް އަލުން އެއް ފަހަރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު، ދެވަނަ ފޭސްގައި ގްރޫޕް ބީގެ ޓީމްތައް ކުޅުމަށް ފަހު އެންމެ ފުލަށްދާ ޓީމުތައް ރެލިގޭޓްވާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައި ލީގުގެ މެޗުތައް އަދި ކުރިއަށްދަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް