ads
ފްލައިޓު ވެއްޓުނު ސަރަހައްދު-- ފޮޓޯ: ރޮއިޓާޒް
ވެއްޓުނު ފްލައިޓު އޮތް ސަރަހައްދު ހޯދައިފި
އިއްޔެ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާާއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ގެއްލުނު ފްލައިޓް ވެއްޓުނު ސަރަހައްދު ހޯދައިފި އެވެ.

ބޮއިންގް 737 މަރުކާގެ ފްލައިޓް ވެއްޓިފައި ވަނީ ކަނޑަށެވެ. ސްރިވިޖަޔަ އެއާލައިންސްގެ އެ ފްލައިޓުން 62 މީހުން ދަތުރުކުރަމުން ދިޔަ އެވެ.

ޖަކާޓާއިން ފުރައިގެން ޕޮންޓިއަނަކްއަށް ދަތުރު ކުރަނިކޮށް އެ ފްލައިޓް ރާޑަރަށް ގެއްލުނީ ނައްޓާލިތާ ހަތަރު މިނެޓުގެ ތެރޭގަ އެވެ. 

އެ ފްލައިޓު ވެއްޓުނު ސަރަހައްދަށް 10 މަނަވަރު މިހާރު ވަނީ ފޮނުވާފަ އެވެ. ފްލައިޓުގެ ކަޅުފޮށީގެ ސިގްނަލް ލިބެމުން ދާއިރު ޑައިވަރުން މަސައްކަތް ކުރާނީ އެ ފޮށި ހޯދުމަށެވެ. 

މަނަވަރާއި ޑައިވަރުންގެ އިތުރުން ހަތަރު ފްލައިޓު ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވެ އެވެ.

މިހާތަނަށް ފްލައިޓުގެ ބައެއް ބައިތައް ފެނިފައި ވާއިރު، ޕަސަންޖަރުންގެ ހަށިގަނޑުގެ ގުނަވަންތައް ވެސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް