ads
ރިތިކް އާއި ފަރްހާން އަކްތަރު--
މިއީ ކޮން ދެ ތަރިންނެއްކަން އެނގޭތަ؟
އަނެއްކާ ވެސް މިއީ ބޮލީވުޑުގެ ދެ ތަރިއެއްގެ ކުޑައިރުގެ ފޮޓޯއެކެވެ. އުމުރުން 47 އަހަރު ރިތިކް ރޯޝަންއަށް ފުރުމާއެކު މި ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލީ، އޭނާގެ އެކުވެރި، އަދި އެކްޓަރު ފަރްހާން އަކްތަރެވެ.

ފޮޓޯ އިން ރިތިކް އާއި ފަރްހާން އަކްތަރު ފެނިގެންދާއިރު ފަރްހާނު އިނީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އަދި އޭނާގެ ކޮނޑަށް އަތް ވައްޓާލައިގެން ރިތިކް އިނީ ނިކަން ފޮޓޯއަށް ވެފަ އެވެ. 

އެގޮތުން ކެޕްޝަންގައި ވަނީ ކުޑައިރު ވެސް ރިތިކްގެ ބައިސެޕް، ފަރްހާންގެ ބައިސެޕަށް ވުރެ ބޮޑީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. 

your imageރިތިކް އާއި ފަރްހާން އަކްތަރު--

މީގެ ކުރިން ރިތިކް ވެސް ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު، ފަރްހާންގެ އުފަން ދުވަސް އައުމުން އެމީހުންގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ދެ މީހުން ލައިގެން ތިބި ހެދުމަށް ބަލާއިރު މިއީ ފަރްހާން މި ހިއްސާކުރި ފޮޓޯގައި ވެސް ފެނިގެންދާ ހެދުމެވެ. 

މިހެންކަމުން، މިއީ އެއް ދުވަހެއްގައި ޖެހި ސަކަރާތެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބެލެވެ އެވެ. 

މި ދެ ތަރިންގެ މަސައްކަތްތަކަށް ބަލާއިރު ރިތިކް މިވަނީ އޭނާގެ "ވޯ" ގެ ޑައިރެކްޓަރާއެކު އަލުން މަސައްކަތް ކުރަން ނިންމާފަ އެވެ. އެގޮތުން ޑައިރެކްޓަރު ސިދާތު އަނަންދާއެކު އޭނާ ފެނިގެންދާ އެ ފިލްމަކީ ދީޕިކާ ޕަޑުކޯންއާއެކު ފެނިގެންދާ ފިލްމެކެވެ.

ފަރްހާންގެ ކުރިއަށް އޮތް ފިލްމަކީ ރާކޭޝް އޯމްޕަރަކާޝް މެހެރާގެ "ތޫފާން" އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް