ads
ސީއެމްޑީއޭގެ ޗެއާޕާސަން އާއިޝަތު ޒާހިރާ--
ސީއެމްޑީއޭގެ ޗެއާޕާސަނަކަށް އާއިޝަތު ޒާހިރާ އައްޔަނުކޮށްފި
ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗެއާޕާސަންގެ މަގާމަށް އާއިޝަތު ޒާހިރާ އައްޔަންކޮށްފި އެވެ.

ސީއެމްޑީއޭއިން މިއަދު އާންމުކޮށްފައިވާ ގޮތުން ރާއްޖޭގެ މާލީ ސެކިއުރިޓީސް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ހ. ސަނޯރާމާ، އާއިޝަތު ޒާހިރާ ވަނީ އައްޔަންކޮށްފަ އެވެ.

ޒާހިރާއަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ހިދުމަތްތެރިއަކަށް ވާއިރު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އޭނާ ވަނީ 31 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އަދި އެންމެ ފަހުން ހުންނެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގަ އެވެ.

ސީއެމްޑީއޭ ބޯޑުގެ ޗެއާޕާސަނަކަށް ޒާހިރާ ހަމަޖައްސާފައި ވާއިރު، އެ އިދާރާގެ ސީއީއޯގެ މަގާމު އަދާކުރާނެ ފަރާތެއް މިހާތަނަށް ހަމަޖައްސާފައެއް ނުވެ އެވެ. 

ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައި ނުވާއިރު އެންމެ ފަހުން އެ މަގާމުގައި ހުންނެވި ނާދިޔާ ހަސަން އިސްތިއުފާދެއްވީ 2019 ވަނަ އަހަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް