ads
މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި --
ހުޅުވާރުލުން މަސްތުވާތަކެތި ފެނުނު މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި
ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައާ ގުޅިގެން ކުރި ދައުވާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު ވިދާޅުވީ ޕީޖީ އޮފީހުގެ މި ނިންމުމާއި ގުޅިގެން، އަދި މި މައްސަލައިގައި އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

އޭޕްރީލް 29، 2019 ގައި ލޯންޗަކުން ގދ. ހުޅުވާރުލަށް މަސްތުވާތަކެތި ގެނެސް ޑިންގީއަކަށް އަރުވައިގެން ރަށަށް ބާލައި އެތަކެތި އެރަށުގައި ވަޅުލިކަމުގެ ތުހުމަތުގައި ވަނީ ފަސް މީހަކަށް ދައުވާކޮށްފަ އެވެ. 

އެއީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލާއި ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލާއި ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދުގެ އިތުރުން ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދެވެ.  

ގދ. ގައްދޫ ކޯޓަށް މި މައްސަލަ ހުށަހެށީ، އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އަދި އެކަކުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އަކާއެކުއެވެ. 

މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މައްސަލަ އެންމެ ފުރަތަމަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހަޅަން ޖެހޭނީ އެ ކުށެއްގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަށް ކަމަށް ބުނެ އެވެ. އެ ނިންމުމާއެކު ޕީޖީ އޮފީހުން ދެން މައްސަލަ ހުށަހަޅާފައި ވަނީ ގައްދޫ ކޯޓަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް