ކަސޯނަވާ ސޯންގްއިން ޓައިގާ ފެނިގެންދަނީ ވަރަށް ރީތި ގޮތަކަށެވެ. އޭނާގެ ހަށިގަނޑުގައި ހުރި ގޮޅިތައް ހާމަޔައް ފެންނަން ހުރެއެވެ. އެ ރީތި ހަށިގަނޑު ފެނި ގިނަ އަންހެން ކުދިންތަކެއް ވަނީ މިހާރު ދީވާނަވެފައެވެ.
އެ ލަވައިގައި ޓައިގާ ކުޅެފައިވަނީ އަލަށް އަންހެން ކުއްޖަކު ދެކެ ލޯބިވެގެން އުޅޭ ފިރިހެން ކުއްޖެއްގެ ރޯލެވެ. އޭގައި ޓައިގާއަށް ލޯބިވެވެނީ އަކާންޝާ ޝަރުވާ ދެކެއެވެ. އޭނާގެ ލޯބީގައި ޓައިގާ ދީވާނާ ވެގެން އުޅޭތަން ކަސޯނަވާ ލަވައިން ވަރަށް ފުރިހަމައަށް ޓައިގާ ދައްކުވައިދެއެވެ.
އެ ލަވަ ފެނި ޓައިގާގެ ޖާދޫގައި މިހާރު އެތައް އަންހެން ކުދިން ދަނީ ފިދާވަމުންނެވެ. އަކާންޝާގެ ލޯބީގައި ޓައިގާ ދީވާނާ ވެގެން އުޅޭ ފަދައިންނެވެ.
ޓައިގާއަކީ އޭނާ ބޮލީވުޑަށް ނިކުތް ފަހުން ގިނަ ބައެއްގެ ތަރުހިބާއި މަގްބޫލުކަން ލިބެމުން އަންނަ ތަރިއެކެވެ. އޭނާގެ ހަރަކާތްތަކާއި މާޝަލް އާޓްސްގެ އުކުޅުތަކަކީ ގިނަ ބަޔަކު ޓައިގާގެ ލަވަޔާއި ފިލްމު ބަލާ އެއް ސަބަބެވެ.
ޓައިގާ ވަނީ ވަރަށް ފަހުން ރާއްޖެއަށް ވެސް އައިސްފައެވެ.