ads
އަނުޝްކާ އާއި ވިރާޓް
އަނުޝްކާގެ ހޮސްޕިޓަލު ކޮޓަރިއަށް އާއިލާ މީހަކަށް ވެސް ނުވަދެވޭނެ
ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިއާ ވިރާޓް ކޯލީއަށް މިމަހު 11 ވަނަ ދުވަހު ވަނީ ދަރިއެއް ލިބިފައެވެ. ދަރިއަކު ލިބުމުން އަނުޝްކާ އާ ވިރާޓްގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެކުއްޖާގެ ޕްރައިވެސީ އާ މެދުއެވެ.
Advertisement

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ބޮޑު ހަބަރަކަށް މިވަގު އޮތީ އެދެމަފިރިންނަށް ދަރިއެއް ލިބުނު ވާހަކައެވެ. އެއާ އެކު ޕަޕަރާޒީންތައް ވަނީ އެ ހޮސްޕިޓަލް ބޭރަށް ޖަމާވެފައެވެ. 

އަނުޝްކާ އާ ވިރާޓް އެކުއްޖާ އާއި އެ ދެމީހުންގެ ޕްރައިވެސީއަށް އިހުތިރާމް ކުރަން އެދިފައިވެއެވެ.

ޕްރައިވެސީ ރައްކާތެރިކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ފަހުން ވިރާޓް ޖެހުނީ ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަކޮށް ގާތް ތިމާގެ މީހުންނަށްވެސް އަނުޝްކާ އޮތް ކޮޓަރިއަށް ނުވަދެވޭ ގޮތަށް ހަދާށެވެ. އެއަށްފަހު ހަދިޔާ އަދި މާބޮޑި ބަލައިގަތުން ވެސް ވިރާޓް ވަނީ މަނާކޮށްފަ އެވެ.

ތަރިންގެ ދަރިންނަކީ ޕަޕަރާޒީންގެ އުނދަގޫ އިންތިހާއަށް ކުރިމަތިވާ ބަޔެކެވެ. އެހެންނަމަވެސް އަނުޝްކާ އާއި ވިރާޓް ބޭނުންވަނީ އެމީހުންގެ ދަރިއަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭށެވެ.

އަނުޝްކާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުންގެ ދަރިފުޅަށް ކިޔާފައި ވަނީ އަންވީ އެވެ. އެހެންނަމަވެސް އަދި ކަށަވަރުކޮށެއް ނުދެެ އެވެ. 

32%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް