ads
ސީއެމްޑީއޭގެ އާ ސީއީއޯ މުހައްމަދު ހުސައިން މަނިކު-- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މަނިކު
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ހުސައިން މަނިކު އައްޔަނުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމަށް މަނިކު އައްޔަނުކުރެއްވީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

މަނިކަކީ ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ އެވެ. އޭނާ އެތަނުން ވަކިވެވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި، އެމެރިކާއަށް ކަނޑައެޅި ދިވެހި ސަފީރުގެ މަގާމާއި، ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.

ސީއެމްޑީއޭގެ ކުރީގެ ސީއީއޯ ނާދިޔާ ހަސަން އިސްތިއުފާ ދެއްވީ 2019 ވަނަ އަހަރު އެވެ. މި ހަފްތާގައި ސީއެމްޑީއޭއަށް އާ ޗެއާޕަސަނެއް ވެސް އައްޔަނުކުރައްވާފައި ވެއެވެ.

(ސީއެމްޑީއޭ)ގެ އާ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެއްވީ އާއިޝަތު ޒާހިރާ އެވެ. 

ޒާހިރާއަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ހިދުމަތްތެރިއަކަށް ވާއިރު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އޭނާ ވަނީ 31 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އަދި އެންމެ ފަހުން ހުންނެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް